ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު
ހަބަރު
07 Feb 2024 | 21:09
އޭސީސީން ތަފްސީލް ދިނުމުން ޝަރުތު ހަމަވާ މީހުނަށް ފުލެޓް ދޭނަށް: ހައިދަރު

ނިމިދިޔަ އިބުރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެފަހު ދުވަސްކޮޅު "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓްތައް ދޫކުރެވޭނީ އޭސީސީން ކުރި ތަހުގީގުގެ ތަފްސީލު ދިނުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ހައިދަރު މިފަދައިބން ވިދާޅުވީ ޝަރުތުހަމަވާ މީހުންނަށް ފުލެޓްދޫކުރުމާއި ގުޅޭގޮތުން އެކްސް މެދުވެރިކުރައްވާ އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

މި ވީޑިއޯ މެސެޖުގައި މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ގިނަ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް އޭސީސީ ތަހުގީގަށް އެނގިފައިވާތީ އެ މައުލޫމާތުތައް ހޯދުމަށް މިނިސްޓްރީން ވަނީ އޭސީސީގައި އެދިފައިކަމަށާއި، އަދި އެ މައުލޫމާތު މިނިސްޓްރީ އާއި ހިއްސާކޮށްދެއްވާނެ ކަމަށް އޭސީސީން ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ. އެހެންނަމަވެސް އެކަން ކުރެވޭނީ އެ ތަފްސީލްތައް އަޅުގަނޑުމެންނަށް ލިބުމުން،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އޭސީސީން ކުރިއަށް ގެންދިޔަ ތަޙްޤީގާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ފްލެޓްތަކާއި ގުޅޭ ގޮތުން އޭސީސީން ކުރިއަށްދާ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމައި ކޮމިޝަންގެ ހޯދުންތައް މި މަހުގެ އެއްވަނަ ދުވަހު އެ މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނާ ބައްދަލުކޮށް އިތުރު ތަފްސީލްތައް ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުން އެނގުނުގޮތުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަން އޭސީސީން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.