އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީޢު
ހަބަރު
07 Feb 2024 | 22:25
ބޭރުގައި ތިބޭ ދިވެހި ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައިދޭ ޕްރޮގްރާމް ފަށަނީ

މިސަރުކާރުން ނިންމާފައިވާ ފަދައިން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައި ދިނުމުގެ ޕްރޮގްރާމް އަންނަ ހަފުތާގައި ފަށަނެކަމަށް މި ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަޤަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ފުރަތަމަފަހަރަށް ރާއްޖޭގެ އަތޮޅުތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތ.އަތޮޅު ވަންދޫ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރެއްވި ބައްދަލުވުމުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީޢު ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ޝަފީއު ވިދާޅުވީ ދިވެހި އަދި އިސްލާމަކީ ހަމައެކަނި ދިވެހިރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އުނގަންނައިދޭން ޖެހޭ މާއްދާތަކެއްކަމަށް ރައީސް ދެކެވަޑައި ނުގަންނަވާކަމަށާއި، އެހެންކަމާއިއެކު ބޭރުގައި ތިބޭ ދަރިވަރުންނަށް އެ ދެމާއްދާ ކިޔަވައި ދިނުމަށް ޕްރޮގްރާމެއް ރޭވި އަންނަ ހަފުތާތެރޭގައި އެޕްރޮގްރާމް ފެށިގެންދާނެ ކަމަށެވެ.

"އަންނަ ހަފުތާ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގުރާމު ފަށައިގަންނާނަން. މި ޕްރޮގުރާމަކީ ކުރިންވެސް އޮތް ޕްރޮގުރާމެއް. އެހެންނަމަވެސް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ލަންކާގައި އޮތް ޕްރޮގުރާމުވެސް، މެލޭޝިޔާގައި އޮތް ޕްރޮގުރާމުވެސް އޮތީ ހުއްޓިފައި،" ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވިއެވެ.

މިއަދުގެ އެ ބައްދަލުވުމުގައި މިނިސްޓަރ ޝަފީއު ވަނީ މި ސަރުކާރުން ކިޔަވައި ދިނުމަށް ގެންނަމުންދާ ބައެއް ބަދަލުތައް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން އެކަޑަމިކް އަހަރު ކޮވިޑް 19 ގެ ކުރިން އޮތްގޮތަށް ބަދަލުކުރަމުން ގެންދަވާކަން ހާމަކުރެއްވިއެވެ.

އޭގެ އިތުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އަލަށް ކިޔަވައިދެން ފެށި ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވެ، ނިމިފައިވާ ކަމަށާއި އަދި 11 ސްކޫލެއްގައި ޕައިލެޓް ޕްރޮޖެޓްގެ ދަށުން މިހާރު ޤައުމިއްޔަތު މާއްދާ ކިޔަވައިދެން ވެސް ފަށާފައިވާ ކަމަށެވެ.

މި 11 ސްކޫލުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ރަނގަޅުކޮށް އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔަވައިދިނުމުގެ ތެރޭގައި ޤައުމިއްޔަތު މާއްދާ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވައިދެވިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.