އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް
ހަބަރު
07 Feb 2024 | 23:05
ފޭސްބުކް ލައިވުގައި ވަޒީރު ޑރ. އައިޝާ އާއި ސުވާލުކުރުމުގެ ފުރުޞަތު

ފޭސްބުކް ލައިވުގައި ވަޒީރު ޑރ. އައިޝާ އާއި ސުވާލުކުރުމުގެ ފުރުޞަތު އެކަމަނާގެ ވުޒާރާ، (އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާ) އިން އާއްމުންނަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއް މެދުވެރި ކުރައްވައެވެ. އެ ވުޒާރާއިން ކުރި އެކްސްޕޯސްޓުގައި ބުނެފައި ވަނީ އެ ލައިވް ކުރިއަށް ދާނީ 8 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ (މާދަމާ ރޭ) 8:30 ގައި ކަމަށެވެ.

މިނިސްޓްރީގެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ ފޭސްބުކް ލައިވް ކުރިއަށްދާ ވަގުތު ކޮމެންޓު މެދުވެރިކޮށް ވަޒީރު ޑރ.އައިޝާ އާއި ސުވާލު ކުރެވޭނެ ކަމަށާއި އާންމުންގެ ސުވާލުތަކަށް ޑރ. އައިޝަތު ޝިހާމް ޖަވާބު ދެއްވަމުން ގެންދަވާނޭ ކަމަށެވެ.

މިއީ މިފަދަގޮތަކަށް ވުޒާރާއަކުން އިސްނަންގަވައިގެން ފޭސްބުކް ލައިވްއެއްގައި ވަޒީރަކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ފުރަތަމަ ފަހަރެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއިން އާމުންނަށް ހުޅުވާލައިގެން ފޭސްބުކް ލައިވްއެއްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރަކީ ވީހާވެސް ބޮޑަކަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ސަރުކާރަކަށް ވާނެކަމަށެވެ.

އެގޮތުން ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށްޓަކައި ރައްޔިތުންގެ ގާތަށް ވަޑައިގެން ވަޒީރުންނާއި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެވޭގޮތަށް "އަހާ" ގެ ނަމުގައި ވަނީ ހާއްސަ ޕްރޮގްރާމްތަކެއް ފައްޓަވާފައެވެ. އަދި ޚުދު ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ގެންދަވަނީ "ރައީސްގެ ޖަވާބު" ޕްރޮގްރާމު މެދުވެރިކޮށް ޖަވާބު ދެއްވަމުންނެވެ.

ކޮމެންޓް
ފާތުން
ވަރައް ވަރައް އުފާވެރި ޚަބަރެއް ތިީ
08 Feb 2024
ގުޅޭ ލިޔުންތައް
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.
05 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ