ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތ. ކިނބިދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން-- ފޮޓޯ/ ވޮއިސް
ހަބަރު
08 Feb 2024 | 12:29
އެއް މަސްދުވަސްތެރޭގައި، ރާއްޖޭގެ ހުރިހާ ކައުންސިލަކާއި ބައްދަލު ކުރަން ރަށް ރަށަށް ދާނަން: ރައީސް މުޢިއްޒު

 އެއް މަސް ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ކައުންސިލަކާއި ބައްދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

ތ އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކިނބިދޫ އަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ތ އަތޮޅުގެ އެ ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ހެން ކައުންސިލާއި އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެވިފައިވާ ކަމަށެވެ. 

އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާއި ވޭހާވެސް ގާތުން މަސައްކަތް ކުރައްވަން ކަމަށާ, މާލޭ މޭޔަރ ކަމުގައި ހުންނެވިއިރުވެސް ކަން ކުރެއްވީ ރައްޔިތުންނާއި ސީދާ ބައްދަލު ކުރައްވައި ވީ އެންމެ ގާތުން ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެގޮތަށް އަޅުގަނޑު މިހާރުވެސް މަސައްކަތް ކުރަން ބޭނުންވަނީ. އަޅުގަނޑު ހުންނަ ތަނަށް، އޮފީހަށް ކައުންސިލް ގެނެސްގެން ކައުންސިލާއި ބައްދަލު ކުރާކަށް ނޫން ބޭނުމީ. ކައުންސިލް އޮތް ތަނަށް އަޅުގަނޑު ދާން ބޭނުންވަނީ. އެހެންވީމާ މި އަތޮޅު މި ނިމެނީ. ދެން އަންނަ ހަފްތާގައި ރާއްޖެއިން ބޭރަށް ދަތުރެއް އެބައޮތް. އެ ދަތުރު ނިންމާފައި އަންނަ ގޮތަށް، މަސް ދުވަސް މި ކަނޑަ އަޅަނީ. އެއް މަސް ތެރޭގައި، ހުރިހާ ކައުންސިލް ތަކަށް އަޅުގަނޑު ބައްދަލު ކުރާން ރަށް ރަށަށް ދާނަން. ހުރިހާ ކައުންސިލް ތަކާއި ޑަބްލިޔު ޑީސީ އާއި."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެފަދައިން ކައުންސިލް ތަކާއި ބައްދަލު ކުރައްވަން ހުރިހާ ރަށަކަށް ވަޑައި ނުގެންނެވި ނަމަވެސް، އަތޮޅު ތަކަށް ބަހާލައިގެން، އަތޮޅު ތެރޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވައި، އެ ޒިޔާރަތް ކުރައްވާ ރަށަކަށް ރަށަކާއި ކައިރި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވަޑައިގެން ބައްދަލު ކުރައްވާނެ ގޮތަކަށް ކަންކަން ރާވައި އިންތިޒާމް ކުރެއްވިގެންދާނެ ކަމަށެވެ. 

އޭރުން އަޅުގަނޑާއި ބައްދަލު އެ ވަނީ ހުރިހާ ރައްޔިތުން ރަމްޒުކޮށްދޭ ހުރިހާ މުއައްސަސާއަކާ. ހުރިހާ ކައުންސިލް ތަކާއި. އޭރުން ގާތުން ރައްޔިތުންނާއި އެކީގައި އެ މަސައްކަތް ކުރުމުގެ ފަސޭހަ އަޅުގަނޑަށް ލިބިގެންދޭ. އެ ހިތްހަމަ ޖެހުން ލިބިގެންދޭ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ކައުންސިލް ތަކާއި ބައްދަލު ކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވައި، އެ ކަންކަން ފަސޭހައިން ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.