ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
08 Feb 2024 | 13:08
މޯލްޑިވިއަންގެ ފުލައިޓުތަކުން ދަތުރުކުރުން، ޖާބިރަށް މަނާކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރަށް ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓުތަކުން ދަތުރުކުރުން މަނާކުރަން އެ ކުންފުނިން ނިންމައިފިއެވެ.

މޯލްޑިވިއަން އިން މިފަދައިން ނިންމީ މޯލްޑިވިއަންގެ ސީޕްލޭނެއްގައި ތިބި ޕައިލެޓަކާއި ފަޅުވެރިންނާއި ޖާބިރު ހަޑިހުތުރު ބަހުން މުއާމަލާތްކުރެއްވުމާއި ގުޅިގެންނެވެ. ޖާބިރު މިފަދައިން މި ފަރާތްތަކާއި މުއާމަލާތްކުރެއްވި ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯގައި ޖާބިރު ވަނީ އެ ސީޕްލޭން ގެ ޕައިލެޓާ ދިމާލަށް ބޭއަދަބީ ބަހުރުވައިން ހަޅޭއްލަވައި، އޭނާގެ އާއިލާއާ ގުޅުވައި ހުތުރު އިބާރާތްތައް ބޭނުންކޮށްފައެވެ.

މިކަމާއި ގުޅިގެން އެ ކުންފުނީގެ މުއައްޒަފަކު ވަނީ މޯލްޑިވިއަންގެ އެއްވެސް ފްލައިޓަކުން ދަތުރުކުރުން ޖާބިރަށް ވަނީ މަނާކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި މޯލްޑިވިއަން އިން ޖާބިރާއި މެދު މި އެޅި ފިޔަވަޅަކީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މެދު އިހާނެތިކޮށް ކަންތައްތައް ކުރާނަމަ، އަޅާ ފިޔަވަޅެއްކަމަށް އެފަރާތުން ބުންޏެވެ.

މޯލްޑިވިއަން އިން ޖާބިރާއި މެދު މި ފިޔަވަޅު އެޅި އިރު ދާދި ފަހުން ޖާބިރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީން ވެސް ވަނީ ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ޖާބިރު އަމަލުކުރައްވަމުންދާތީ، ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. މިގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ކާށިދޫ ދާއިރާގެ މަޖިލިސް ޓިކެޓު އަތުލުމުގެ އިތުރުން، އެޕާޓީން ޖާބިރު ވަނީ ވަކިކުރުމަށް ވެސް ނިންމާފައެވެ. 

މީގެ އިތުރުންވެސް އެމްޑީޕީން ވަނީ ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައި ވީނަމަވެސް އެފުރުސަތު ލިބޭނީ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާ ގޮތެއްގެ މަތިންކަމަށް ބުނެފައެވެ. އަދި ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައި ވީނަމަވެސް ޖާބިރު އެމްޑީޕީގެ މެންބަރަކަށްވާ ދުވަހުންފެށިގެން 5 އަހަރު ވަންދެން، ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ޖާބިރަކީ މަޖިލިސް ތެރޭގައި ވެސް އަދި މަޖިލީހުން ބޭރުގައި ވެސް ބޭއަދަބީ ބަހުރުވަ ބޭނުންކުރައްވައިގެން މުއާމަލާތު ކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.