ތިލަފުށި
ހަބަރު
08 Feb 2024 | 16:01
ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ޑޮކްޔާރޑު ތިލަފުށީގައި ގާއިމު ކުރަނީ

ދިވެހިރާއްޖޭގައި ގާއިމުކުރެވޭ އެންމެ ބޮޑު ޑޮކްޔާޑު ތިލަފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިފަދައިން ވިދާޅުވެފައި ވަނީ ދައުލަތު މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕްރޮގްރާމު މެދުވެރިކޮށް ވަޖީހު ވިދާޅުވީ، ރާއްޖޭގެ ނިސްބަތުން ގާއިމްކުރާ އެންމެ ބޮޑު ޑޮކްޔާޑުގެ މަސައްކަތް ތިލަފުށީގައި މިހާރު ކުރިއަށްދާ ކަމަށާއި، ބޯޓްޔާޑުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.  އަދި އެތަނުގައި މުވައްޒަފުންނަށް ތިބެވޭ ގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގެ މަސައްކަތާއެކު، ރާއްޖޭއިން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކަކާއި އެކު ރަނގަޅު ވޯކްޝޮޕެއް އެތަނުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.

" އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާނަން. މިހާރުވެސް ބޯޓުޔާޑުގެ މަސައްކަތް ފެށިފަ ހުރީ، ދެން ބައެއްކަހަލަ މަރާމާތްތަކާ، އެތަނުގެ ބައެއްތަންތަން ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރަނީ. މިދެންނެވި ވޯކްޝޮޕްގެ މަސައްކަތަށް ދަތިތަކެއް އަދި އެބަހުރި. އެއީ ކުރިން އެކަންތައްތައް ފަށަން އުޅެފަ، ދިމާވި ކަންތައްތަކުގެ ތެރެއިން ލީގަލް މައްސަލައެއް އުޅޭތީ އަޅުގަނޑުމެން މިއުޅެނީ ނުފެށިގެން" 

އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވީ ލީގަލް މައްސަލަ އޮތް ނަމަވެސް އެކަންތައްތައް ހައްލުކޮށް ދެހަފްތާއެއްގެ ތެރޭގައި ވޯކްޝޮޕްގެ މަސައްކަތް ފަށާނެކަމަށާއި، އަދި އެއާއިއެކު އެތަނުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ޑޮކްޔާޑް، ބޯޑްޔާޑް އަދި ވޯކްޝޮޕްގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.