ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލަނީ
ހަބަރު
08 Feb 2024 | 21:21
ހަމަސް ދުވަހުގެ ތެރޭގައި ޑުރޯން ބޭނުންކޮށްގެން ބޭސް އުފުލަން ފަށަނީ

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.  

އެވުޒާރާއިން މިފަދައިން ބުނެފައި ވަނީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެ ވުޒާރާއިން ބުނީ ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން އެކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާ ކަމަށާއި، އެ ވުޒާރާގެ އަމާޒަކީ ހަ މަސް ތެރޭ އެ ހިދުމަތް ފެށުން ކަމަށެވެ.

ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ނެތް ރަށްރަށުން ނަގާ ސާމްޕަލްތައް ލެބޯޓްރީ ހުންނަ ރަށްރަށަށް ފޮނުވޭ ގޮތް ހެދުމަކީ ނިމިދިޔަ ސަރުކާރުންވެސް ކުރަން ނިންމާފައިވާ ކަމެކެވެ. އެގޮތުން އަތޮޅުގެ ހުރިހާ ރަށަކުން ނަގާ ސާމްޕަލުތައް އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ވަނީ ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު މަޝްވަރާކޮށްފައެވެ.

ޑްރޯން ބޭނުންކޮށްގެން އެއް ރަށުން އަނެއް ރަށަށް ސާމްޕަލް ގެންދިއުމުގެ ޓެސްޓްތަކެއް ގދ.އަތޮޅުގައި ނިމިދިޔަ ސަރުކާރުން ކޮށްފައިވާއިރު އެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ބުނެފައި ވަނީ ޑްރޯން ބޭނުންކޮށްގެން ބުލަޑް ސާމްޕަލު އުފުލުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް ނިމިދިޔަ ސަރުކާރު ބަދަލުވެގެން ދިޔައިރުވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައިވާ ނުވާއިރު މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފައި މިވަނީ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން އެއްރަށުން އަނެއް ރަށަށް ބޭސް އުފުލުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ކޮމެންޓް
ހަލޚލް
ދެންދާނީ ފިހާރައަށްޑްރޯން ހޯދަން އަސްލުއެއްޗއެްނުލިބޭނެ
09 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.