އެންކޮންސްގެ ޕްލެޓް ފޯމް ވިލިމާލެ ފަރަށް އަރާފައި
ހަބަރު
09 Feb 2024 | 08:31
ޖޫރިމަނާ ނުދެއްކުމުން އެފްކޮންސްގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ އިންޑިއާގެ ކުންފުނި، އެފްކޮންސްއިން ބޭނުންކުރަމުން ގެންދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި ކޮށްފައިވާ ޖޫރިމަނާ ދައްކަށްޖޭހޭ މުއްދަތު ހަމަވިއިރު ވެސް ދައްކާފައި ނުވާތީވެ،  އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

އެފްކޮންސްއިން ބޭނުންކުރަމުން ގެންދިޔަ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި އެފަރަށް ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނީ ނިމިދިޔަ ސަރުކާރުން 2022 ވަނަ އަހަރު އެވެ. އީޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އޭރު އެފައިސާ ދެއްކުމަށް އެފްކޮންސްއަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. އޭގެފަހުން ދިން މުއްދަތު މިދިޔަ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހަށް ހަމަވި އިރުވެސް އެފައިސާ ދައްކާފައި ނުވާކަމަށް އީޕީއޭ އިން ހާމަކުރައްވައެވެ.

އެފްކޮންސްގެ އިހުމާލުން ފަރަށް ލިބުނު ބޮޑުގެއްލުމަށް އިޕީއޭއިން ކުރި ޖޫރިމަނާ ބޮޑުކަމަށް ބުނެ އެކުންފިނިން ތިމާވެއްޓައި ބޭހޭ މިނިސްޓްރީގައި އޭރު މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް ފަރަށް ލިބުނު ބޮޑު ގެއްލުމަށް ބަލާ މިނިސްޓްރީން ނިންމާފައިވަނީ އެފްކޮންސްއަށް އެކަމުގައި ލުޔެއްދެވެން ނެތް ކަމަށެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން އެގޮތަށް އެފްކޮންސްއަށް ލުޔެއްދެވެން ނެންކަމަށް ނިންމުމުން އެކުންފުނިން ވަނީ ޖޫރިމަނާކުރި އަދަދަކީ ލިބުނު ގެއްލުމަށް ވުރެ ބޮޑު އަދަދެއް ކަމަށް ބުނެ ސިވިލްކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލާގައި ޖޫރިމަނާ ފަސްކޮށްދިނުމުގެ  ވަގުތީ އަމުރަކަށް ސިވިލްކޯޓުގައި އެދުނު ނަމަވެސް ސިވިލްކޯޓުންވެސް ނިންމާފައިވަނީ ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

އެފްކޮންސްއިން ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި އިރު އެ ޕްލެޓްފޯމް އެތަނުން ނެގިފައިވަނީ ރާއްޖެއިން ބޭރުން ބައެއް ތަކެތި ގެނެސްގެން އޭތި ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ. ޕްލެޓްފޯމް ނެގުނުއިރު ފަރުގައި 10 ވަރަކަށް ފޫޓްގެ ފުންމިނުގައި ވަޅުގަނޑުތައް ހެދިފައި ހުއްޓެވެ.

އެމައްސަލާގައި ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ކުލަބު ޖަމްއިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.