މިނިސްޓަރު ޑރ.އައިޝަތު ޝިހާމް ފިޔަވައްޗަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
10 Feb 2024 | 12:27
ފޮސްޓަރިން އަށް ޝައުގުވެރިވާ ފަރާތްތަކަށް، އެކަމާއި ގުޅޭ މައުލޫމާތު ދިނުން މިރޭ!

ވަގުތީ ފޮސްޓަރިން އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް، އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިން ސެޝަނެއް ބާއްވަން ނިންމައިފިއެވެ. 

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިން އިންތިޒާމް ކޮށްގެން ބާއްވާ މި ސެޝަން އޮންނާނީ މިރޭ 8:45 ގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމް ގައެވެ. މިނިސްޓްރީން މިހާރު ވަނީ މި ސެޝަން ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ރެޖިސްޓްރީ ވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އެ މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ތެރޭގައެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރުކަމަށް އެ ވުޒާރާއިން އެކުލަވާލި ގަވާއިދުގައި ވެއެވެ. 

މީގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅުކުރުމަށް ބާރުއަޅައި، ކުއްޖާ އަނބުރާ އާއިލާއާއި ހަވާލުކުރެވެން ދެން ވެސް، އާއިލީ ލޯބާއި އަޅާލުން ލިބި، އާއިލީ ވެއްޓެއްގައި ކުއްޖާއަށް ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. 

ވަގުތީ ގޮތުން ފޮސްޓާ ކުރާ މުއްދަތު ހަމަވި ނަމަވެސް، އާއިލާގެ ހާލަތު ރަނގަޅުވެ ކުއްޖާ އަނބުރާ އާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓާކުރާ މުއްދަތު އިތުރުކޮށް އެ ކުއްޖާ ބަލަހައްޓަމުން ދާ ފޯސްޓަރ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ވަގުތީ ފޮސްޓަރިން ނިޒާމުގެ ތެރެއިން މިނިސްޓްރީން ވަނީ ހަމަޖެއްސޭނެ ގޮތް ހަދާފައެވެ.

މީގެ އިތުރުންވެސް، ވަގުތީ ފޮސްޓަރިންގެ ތެރެއިން ގެންދާ ކުދިންގެ ދާއިމީ ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ވެސް ފޮސްޓަރ އާއިލާއަށް ލިބިގެންދާނެ އެވެ.  

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ގެ ނަންބަރު 1433 އާއި ގުޅުމުން ވަގުތީ ފޮސްޓަރިންނާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެން ދާނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމް ވަނީ އެމަނިކުފާނުގެ ހަފްތާ 14ގެ މަގުޗާޓުގައި ވެސް ހިމަނުއްވާފައެވެ. މި ޕްރޮގްރާމްގެ ތެރެއިން  ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަކީ އެމަނިކުފާނުގެ ތަސައްވުރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.