ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ހަބަރު
10 Feb 2024 | 19:32
ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދޭނަށް: ރައީސް

މާލެއަށް ނުގޮސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ޒުވާނުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މީސްމީޑިޔާ މެދުވެރިކޮށް އާއްމުންކުރާ ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގެ މިއަދުގެ  ޕްރޮގްރާމުގައި ތ.ކިނބިދޫ، އުފާ، ޢާއިޝަތު ރައުނާ މުޙައްމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ޕްރޮގްރާމް މެދުވެރިކޮށް ރައުނާ ރައީސް ޑރ.މުހައްމަދު މުއިއްޒާއި ކުރި ސުވާލު އަމާޒުކުރީ  ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށްދިނުމާ ގުޅޭ ގޮތުންނެވެ.

ރައުނާގެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒުވާނުންނަށް މާލެ ނުގޮސް ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

ރައުނާގެ ސުވާލު ބޮޑަށް އަމާޒުވެފައި ވަނީ ތ.އަތޮޅަށް ކަމަށް ވަތީވެ ރައީސް ވިދާޅުވީ ތ.އަތޮޅުގައި އިޤްތިޞާދީ އަދި އާމްދަނީ ހޯދުމުގެ ފުރުޞަތުތައް މަދުކަން ޤަބޫލުކުރައްވާ ކަމަށާއި ނަމަވެސް  އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދެވުމަށް އެކި ގޮތްތަކުން މަސައްކަތްކުރައްވާނެ ކަމަށެވެ.

ތަފްސީލް ދެއްވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އިތުރަށް ރިސޯޓްތައް ތަރައްޤީކުރުމާއި މަސްވެރިކަން އަދި ވަކިވަކި ފަރުދުންގެ ހުނަރުވެރިކަން ބޭނުންކޮށްގެން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ ޕްލެޓްފޯމެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ.  ދިވެހިންތެރޭގައި ވަރަށް ފަންނުވެރި އެކިކަހަލަ މަސައްކަތްތައް ކުރާ މީހުން އެބަތިބި ކަމަށާއި އެފަދަ މީހުން އަމިއްލަ ރަށުގައި ތިބިގެން ތަކެތި އުފެއްދުމުން އޮންލައިން ޕޭމަންޓް ގޭޓްވޭއެއްގެ ތެރެއިން އެ ތަކެތި މާކެޓްކޮށް ވިއްކޭނެ ގޮއްތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ކްރިއޭޓިވް އެކޮނޮމީގައި ކޮންމެ ތާކު ހުރެގެންވެސް މަސައްކަތްކުރެވޭނެ. އެކި ކަހަލަ ޓެލެންޓް ހުރި މީހުން އެބަތިބި. އެމީހުންނަށް އޮންލައިންކޮށް ތަކެތި ވިއްކާ މާރކެޓް ކުރެވޭނޭ ނިޒާމެއް ޤާއިމުކުރުމަށް އެބަ މަސައްކަތް ކުރަން." 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖޭގެ އަތޮޅަކަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅު މީގެ ދެތިން ދުވަސްކުރިން ވަނީ ތ.އަތޮޅަށް ކުރައްވާފައެވެ. އެދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ނިމިދިޔަ ސަރުކާރުން ތ. އަތޮޅުވަނީ ރާޑަރުން ގެއްލުވާލައިފައި ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން ތ. އަތޮޅަށް ޙަޤީގީ ތަރައްޤީ ގެނެސް ދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.