ހައުސިންގ މިނިސްޓަރ ހައިދަރު
ހަބަރު
10 Feb 2024 | 20:47
ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމު ފަށައިފި

ނިމިދިޔަ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ލިސްޓުން ފުލެޓްލިބޭ މީހުން އަލުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހައުސިން  މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށާއި، ނަމަވެސް އެއީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގެ އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، އަލުން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މައްސަލަ ނެތް ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ހުއްދަ އޭސީސީން ދީފައިވާއިރު 4000 ފުލެޓްގެ ތެރެއިން، ފްލެޓް ލިބޭ މީހުންގެ 59.6 އިންސައްތަ މީހުންގެ ޝަރުޠު ހަމަނުވާކަމަށް އޭސީސީގެ ތަހުގީގުންވަނީ ހާމަވެފައެވެ. އަދި ޝަރުޠު ހަމަވާކަމަށް ފާހަގަކުރެވުނީ 20.7 އިންސައްތަ ފޯމުކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

ސަރުކާރުން މިފަދައިން ބުނެ މިއަދު ބަޔާނެއް ނެރެފައި ވާއިރު ފްލެޓު ލިބޭ މީހުންގެ މައްސަލަތައް އޭސީސީން ބަލާފައި ވަނީ ގޯސްކޮށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

"ފްލެޓް ލިސްޓްގައި ހިމެނޭ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ އޭ.ސީ.ސީ އަދި އެޓަރނީ ޖެނެރަލްގެ ލަފާ ގެ މަތިން ކަމަށް ދަންނަވަމެވެ. އަދި އެކަމާ ގުޅޭ އެންމެހައި މަސައްކަތްތައް މިހާރު މިނިސްޓްރީން ކުރަމުންދާކަން މައުލޫމާތައްޓަކައި ދަންނަވަމެވެ" 

ހައުސިންގ މިނިސްޓްރީން ބަޔާނުގެ އިތުރަށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފުލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް އަލުން މިސަރުކާރުން ކުރާނެ ކަމަށް މިއަދު އިއުލާން ކުރެއްވި އިރު މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ދޫކޮށްފައިވާގޮތް ވެސް ތަޙްގީގު ކުރަމުން އަންނަކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަރާތުން މިއަދު މިގޮތައް ނިންމިކަން އިއުލާން ކުރެއްވި އިރު މިހާރުގެ ރައީސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެންޕެއިންގެ ތެރޭގައި އަދި ރައީސްކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވެސް ވިދާޅުވެފައިވަނީ ނިމިދިޔަ ސަރުކާރުން ރަސްމީކޮށް ހަވާލުކޮށްފައިވާ އެއްވެސް ގޯއްޗެއް އަދި ފުލެޓެއް މިސަރުކާރުން އަތު ނުލައްވާނެ ކަމަށެވެ. އަދި އެގޯތި އަދި ފުލެޓް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް
ރއޔތމހ
ޝަރުތު ހަމަނުވާ މީހުން އުނިކުރީމަ، ކުރިން 1 ނުވަތަ 2 ޕޮއިންޓް މަދުވެގެން ނުލިބުނު މީހުންނަށް ދެން ލިބެންވާނެތާ
10 Feb 2024
އިސްމާއިލް
ނުހައްގުން ލިބިގެން ނުވާނެ. ކޮބާތޯ ލިބެންވާ މީހުންގެ ހައްގު.
10 Feb 2024
އައި
ދެން އިންތިހާބުގަ 4 ކ ޭކިޔާ ވޯޓު ޖެހޭނި ހަނދާން ނައްތާ ލަން މިސަރު ކާރުން ފުލެޓް ތައް ވެސް ނިގުޅާ ގަތީ
11 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.