ރައީސް ޞާލިހުގެ ކެންޕެއިންގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
11 Feb 2024 | 15:22
ރައީސް ޞާލިހުގެ މާލީ ބަޔާނުގައި އޮޑިޓަރ ސޮއިކުރެއްވިއިރު ދަރަންޏެއް އޮތްނަމަ އެކަން ނުބެލީ ކީއްވެ: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެންޕެއިންގައި ކުރި ޚަރަދުގެ ތެރެއިން މޯލްޑިވިއަންއަށް ދައްކަންޖެހޭ ދަރަންޏެއް އޮއްވާ، އެމަނިކުފާނުގެ މާލީ ބަޔާނުގައި ދަރަންޏެއް ނެތް ކަމަަށް ބުނޭފައި ވަނިކޮށް އޮޑިޓަރ ސޮއި ކުރެއްވީ ކީއްވެތޯ އެމްޑީޕީ އިން ސުވާލު އުފައްދައިފިއެވެ. 

މޯލްޑިވިއަނަށް އެމްޑީޕީގެ ފަރާތުން ދައްކަށް ޖެހޭ ފައިސާގެ ތެރެއިން 8 ޖެނުއަރީ 2024 ގެ ނިޔަލަށް 5،629،861 (ފަސްމިލިއަން ހަލައްކަ ނަވާވިސް ހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ) ރުފިޔާ ނުދައްކާ އޮތްކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި އެ ކުންފުނިން ބުނެފައިވަނީ އެއީ އެމްޑީޕީން ނަގާފައިވާ ޓިކެޓަށާއި، އަދި ޗާޓަރ ކޮށްފައިވާ ފުލައިޓްތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ. 

އަދި އައިލެންޑް އޭވިއޭޝަނާއި އެމްޑީޕީން މީގެ ކުރިން އެއްބަސްވެފައި އޮތީ ޚިދުމަތް ހޯދާ ތާރީހުން ފެށިގެން 48 ގަޑިއިރު ތެރޭގައި ފައިސާދައްކާ ހަލާސްކުރާ ގޮތަށް ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް އެ ފައިސާ ދައްކާފައި ނުވާކަމަށާއި، އެހެންކަމާއި އެކު މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ނުދައްކައިފި ނަމަ ޝަރުޢީ މަރުހަލާ ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީން މިއަދު ބުނީ ރިޔާސީ އިންތިޚާބުގައި ތާއީދު ހޯދުމަށް ކެނޑިޑޭޓުން ކުރި ޚަރަދު އޮޑިޓްކޮށް މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުށަހަޅުއްވާފައިވާ މާލީ ބަޔާނަށް ބެލުމުން، އަދާނުކުރެވި ހުރި ދަރަނި ޖުމްލަ އަކީ 0 ކަމަށް ޖައްސަވާފައިވާއިރު، މޯލްޑިވިއަން އިން މި ހޯދަން އެދޭ 5،629،861 މިލިއަނެއްހާ ރުފިޔާ ދަރަންޏެއް ރިޔާސީ އިންތިޚާބާ ގުޅިގެން އޮތްކަން ކެނޑިޑޭޓްގެ މާލީ ބަޔާނުގައި ބަޔާންކޮށްފައި ނުވުމަކީ ދޮގު މަޢުލޫމާތު ދިނުން ކަމަށް ނުވާނެތޯ؟ އެހެންކަމަށްވާނަމަ އޮޑިޓަރ ސޮއިކުރެއްވިއިރު އެކަން ބައްލަވާފައި ނުވަނީ ކީއްވެތޯ؟" އެމްޑީޕީން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.