ރައީސް ޑރ.މުހައްމަދު މުއިއްޒު
ހަބަރު
11 Feb 2024 | 15:13
މި ސަރުކާރުގެ ދެވަނަ އިންވެސްޓް މޯލްޑިވްސް ފޯރަމް ދުބާއީގައި ބާއްވަނީ

ރައިސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ރާއްޖޭގެ ފަރާތުން ބާއްވާ ދެވަނަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ދުބާއީގެ ބުރުޖު އަލް އަރަބުގައި ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.

"އިންވެސްޓް މޯލްޑިވްސް ފޯރަމް" އަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓާއި، ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ގެންގޮސްދޭ އެންމެ މުހިންމު އެއް ޕްލެޓު ފޯމަށްވާއިރު މިފަހަރުގެ މި ފޯރަމުގައި ރާއްޖޭގެ އިންވެސްޓަރުން ހިމެނޭހެން މުޅި ޖުމުލަ 300 އިންވެސްޓަރުން ބައިވެރިވާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ސަރުކާރާއި ހަވާލާދެއްވާ، ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ޔޫއޭއީގެ ޝާހީ އާއިލާގެ ވިޔަފާރިތަކާއި ގުޅުންހުރި އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ އިތުރުން އަރަބި ބައެއް ޤައުމުގެ މުއްސަދި މަހުޖަނުންވެސް ބައިވެރިވެ ވަޑައި ގަންނަވާނެއެވެ.

މިސަރުކާރުގެ އެންމެ ފުރަތަމަ "އިންވެސްޓް މޯލްޑިވްސް ފޯރަމް " ބާއްވާފައިވަނީ އިޤްތިޞާދީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ދުނިޔޭގައި އެންމެ ހަލުވި ސްޕީޑުގައި ކުރިއަރަމުން އަންނަ އެއް ޤައުމު ކަމަށްވާ ޗައިނާގެ ފޫޖިއާން ޕްރޮވިންސްގައެވެ. އެ ފޯރަމް ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު ފޯރަމެއްގެ ގޮތުގައެވެ. އެ ފޯރަމުގައި ރާއްޖޭގައި އިންވެސްޓުކުރުމަށް ޗައިނާގެ ވަރުގަދަ ބޮޑަތި އެތައް ކުންފުންޏަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ވުމެވެ.

ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގައި އިންވެސްޓަރުން ހޯދުމަށް ހުށައެޅުމަށް ނިންމަފައިވާ ބޮޑަތި ޕްރޮޖެކްޓްތަކުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢު އާއި ، ކަނޑުއަޑީގެ ޓަނަލް ހެދުމާއި އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފާހަގަ ކޮށްލެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ އުންމީދަކީ ރާއްޖޭގެ ކުރިއެރުމަށް ހިންގޭ ތަރައްޤީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވިގެންދާ މަސައްކަތްތަކަކަށް ހެއްދެވުމެވެ. ކޮންމެ މަސައްކަތެއްވެސް އެކަމަކަށް އެންމެ އެކަށޭނަ ރަނގަޅު މީހުންލައްވާ ތަރައްޤީގެ މަސައްކަތްތައް ކުރުވުމެވެ.  އެގޮތުން ވޭތުވެދިޔަ ސަރުކާރުން އެއް ޤައުމަކަށް ބަރޯސާވެފައި އޮތް އޮތުމަށް އަމަނިކުފާނުގެ ވެރިމަކުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި މިހާރު ވަނީ ނިމުން ގެންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.