ފުލެޓް ދިނުމުގެ މައްސަލާގައި ބަޔަކުމީހުން ކަންބޮޑުވުން ފާޅުކުރަނީ
ހަބަރު
12 Feb 2024 | 09:33
ފުލެޓް ލިސްޓް ބާޠިލްކޮށް އަލުން އިޢުލާނު ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފައި: އެޗްއާރުސީއެމް

ނިމިދިޔަ އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ދިނުމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓް ބާތިލްކޮށް އަލުން އިޢުލާނު، ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން (އެޗްއާރުސީއެމް) ބުނެފިއެވެ.

އެ ކޮމިޝަނުން މިފަދައިން ބުނެފައިވަނީ ގެދޮރު ވެރިޔާ މަޝްރޫއާއި ގުޅިގެން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލާގައި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި، އެހެންކަމުން އެ ކޮމިޝަނުން މައްސަލަ ބަލާނީ އިންސާނީ ހައްގުތަކުގެ ނަޒަރުން، ކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ދެނެގަތުމަށް ކަމަށެވެ.

އެޗްއާރސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، މައްސަލަ ހުށަހެޅުނު ފަރާތްތަކުގެ ކިބައިން މަޢުލޫމާތު ސާފުކުރުމުގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި އަދި އެންޓި- ކޮރަޕްޝަން ކޮމިޝަނާއި އެކި ފަހަރު މަތިން ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެވިފައިވާ ކަމަށެވެ.

"އެގޮތުން، މިހާތަނަށް ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައި ވެސް މި މަޝްރޫޢުގެ ދަށުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ލިސްޓް ބާޠިލްކޮށް އަލުން އިޢުލާނު ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މި ކޮމިޝަނަށް  ދެއްވާފައިވެއެވެ. " ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭސީސީގެ ނިންމުންތަކާ ބެހޭ ގޮތުން އެޓާނީ ޖެނަރަލް އޮފީހުގެ ލަފަޔަކަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް އެ މިނިސްޓްރީން އެކޮމިޝަނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އެޗްއާރުސީއެމް އިން މިފަދައިން ނޫސް ބަޔާނެއް ނެރެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓްގެ ތެރެއިން، ފްލެޓް ލިބޭ މީހުންގެ 59.6 އިންސައްތަ މީހުންގެ ޝަރުޠު ހަމަނުވާކަމަށް އޭސީސީގެ ތަހުގީގުންވަނީ ހާމަވެފައެވެ. އަދި ޝަރުޠު ހަމަވާކަމަށް ފާހަގަކުރެވުނީ 20.7 އިންސައްތަ މީހުންގެ ފޯމްކަމަށް އޭސީސީން ވިދާޅުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.