އޭސީސީގެ މެމްބަރުން
ހަބަރު
11 Feb 2024 | 22:07
އޭސީސީން ބުނީ ދައުރުވަމުން ދަނީ އެކޮމިޝަނުގެ ލިސްޓެއް ނޫންކަމަށް

ރައީސް ޞާލިޙްގެ ސަރުކާރުން އެންމެފަހުވަގުތު ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓާއި ގުޅިގެން ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިފަދައިން ބުނެފައި މިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4000 މީހުންގެ ތެރެއިން 1411 މީހަކު ޝަރުތު ހަމަ ނުވާ ކަމަށް ބުނާ ލިސްޓެއް އޭސީސީގެ ލޯގޯ އާއި އެކު މިއަދު "އެކްސް" ގައި ދައުރުވަމުންދާ ދަނޑިވަޅެއްގައި އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ ފްލެޓް މައްސަލައާއި ގުޅޭގޮތުން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މަޢުލޫމާތު މިހާތަނަށް ހިއްސާކޮށްފައި ވާނީ، ހައުސިންގ މިނިސްޓްރީ އާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އެކަނި ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅޭ އިތުރު މަޢުލޫމާތެއް ނުވަތަ ލިޔުމެއްވެސް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް އާއްމުކޮށްފައި ނުވާނޭކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

" ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް މީސްމީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަ ފެތުރުމަކީ ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ، އެކަމާ މެދު މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ވާހަކަ ދަންނަވަން " އޭސީސީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އޭސީސީގެ ބަޔާން ނިންމާލައިފައި ވަނީ އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، އާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ހިއްސާކުރާނީ ކޮމިޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި، މީޑިއާތަކަށް ރަސްމީކޮށް މައުލޫމާތު ފޯރުކޮށްދީގެންކަމަށް ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.