މި ސަރުކާރުން ބުނެަފއިވަނީ މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުެ ކުޑަ ނުވާނެ ކަމަށް
ހަބަރު
11 Feb 2024 | 23:02
މިއަދުން ފެށިގެން މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް

މިއަދުން ފެށިގެން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ އެގޮތަށް މަހުގެ އަގު ކުޑަކުރަން 20 ރުފިޔާއަށް،" 

ޝާފިއު އާއި ހަވާލާ ދެއްވާ ބައެއް މީޑިޔާތަކުގައި ހާމަކޮށްފައިވެއެވެ.

ސަރުކާރުން ރައީސުލްޖުމުހޫރިއްޔާ އެކުލަވާލައްވާފައިވާ އިކޮނޮމިކް ކައުންސިލުގެ ނިންމުންތަކަށް އަމަލުކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެ ނިންމުމެއް ބަލައިގެންފި ނަމައެވެ.

މިއަދުން ފެށިގެން މަސް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރަން ނިންމާފައިވާއިރު މިހާރު މަސްގަންނަމުން ދާއަގުކަމަށް ވާ 25 ރުފިޔާގެ އަގަކީ ނިމިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙް ހަމަ ކުއްލިއަކަށް އިއުލާނު ކުރެއްވި އަގެކެވެ.

ރައީސް ޞާލިޙްގެ މި ކުއްލި ނިންމެވުމާއި ގުޅިގެން ، މަސް ބަންދުކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މާކެޓު އަގަށްވުރެ ބޮޑު އަގުގައި މަސް ގަންނަން ޖެހޭތީ ކަމަށް ބުނެ އެންސިސް ފިޝަރީޒް އިން ވަނީ މަސް ގަތުން ހުއްޓާލައި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ ވެސް ބަންދު ކޮށްފައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް އަދި ވެރިކަމާއި ހަވާލުވުމަށް ފަހުވެސް ބުނަމުން ގޮސްފައި ވަނީ 25 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން މަސް ގަތުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމަ މިއާއި އެކު ސަރުކާރުން ބުނެފައިވަނީ މަސްކިލޯއެއް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.