ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ހަބަރު
11 Feb 2024 | 23:28
ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ދިއުމުގައި އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލަންޖެހޭ: ސާޖިދާ

ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ދިއުމުގައި އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލަން ޖެހޭކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވެފައި ވަނީ  9 ވަނަ އިންޓަނޭޝަނަލް ޑޭ އޮފް ވިމެންސް އެންޑް ގާރލްސްއިން ސައިންސް އެސެންބްލީއަށް ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ފޮނުއްވެވި މެސެޖްގައި ވިދާޅުވެފައި ވަނީ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަމުންދާއިރު ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ކުރިއަށް ދިޔުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް އެ ގޮންޖެހުންތައް ނައްތާލަން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި މިދާއިރާއިން އަދުގެ ކުޑަކުދިން ކުރިއަށް ގެންދިޔުމަށްޓަކައި އެކުންދިން ޝައުގުވެރިކަން އުފެއްދުމަށާއި ހިތްވަރު ދިނުމަށް އައު ގޮތްތަކެއް ހޯދަން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

" އެކުދިންނަކީ އަންނަން އޮތް ޖީލުގެ މުސްތަޤްބަލު. އެހެންކަމުން މިހާރު ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ދައްކާ އެ ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރަން ޖެހޭ." 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނާގެ މެސެޖުގައި ވިދާޅުވެފައިވަނީ މުޅި ދުނިޔޭގައި އަންހެނުންނާއި އަންހެން ކުދިން ސައިންސާއި ގުޅުން ހުރި އެކި ދާއިރާތަކުން ކުރިއަށްދާ މިންވަރު އިތުރުވުމުންދާކަމަށާއި، އަންހެނަކަށް ވިއަސް އަދި ފިރިހެނަކަށް ވިއަސް މިފަދަ މުހިއްމު ދާއިރާއަކުން ފަސޭހައިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ.

މެޑަމް ސާޖިދާއަކީ ވެސް ސައިންސްގެ ދާއިރާއިން މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން  ފާހަގަ ކުރައްވަމުން އެކަމަނާ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ދައުރު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އިތުރުކަމަށާއި، އެގޮތުން މި ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން %60 އަކީ އަންހެނުންކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުންގެ ހިއްސާ ބޮޑުވާނެކަމަށާއި އަންހެނުންގެ ބައިވެރިވުން އިތުރުވާނެ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ އިސް ބައެއް މަޤާމްތަކުގައާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އެންމެއިސް ސަފުގައި އަންހެނުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.