ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން
ހަބަރު
12 Feb 2024 | 16:41
މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ 111 ތަނެއް އެބަހުރި: އިހްސާން

މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުންގެންދާ 111 ތަނެއް އެބަހުރިކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ "ހޯމް ޓީމް" ގެ ނަމުގައި އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެއެވެ.

ވަޒީރު އިހްސާނު ވިދާޅުވީ މާލޭގައި ހިންގާ ގިނަ ސެލޫންތަކާއި ސްޕާތަކުގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، އެގޮތުން މިހާރުވެސް 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ހަށިވިއްކުމާއި މަސާޖު ޕާލާތަކުގެ ނަމުގައި މާލޭގައި ހިންގަމުންދާ ތަންތަނާއި ބެހޭގޮތުން މިކުރަމުންދާ ތަހުޤީގާއި ބެލެވޭ ބެލުންތަކުން ފާހަގަކުރެވިއްޖެ 111 ތަން މާލެ އާއި މާލެ ސަރަހައްދުގައި ހިންގަމުންދާކަން. މިގޮތަށް ސެލޫނުގެ ގޮތުގަ. އެހެންނަމަވެސް މިތާތެރޭގައި ޣައިރު ޤާނޫނީ އަމަލުތައް ހިންގަމުންދާކަން. އޭގެތެރޭގައި އަޅުގަނޑުމެން ފާހަގަކުރަން ހަށިވިއްކުމަށްޓަކައި ރާއްޖެއަށް ޓޫރިސްޓް ވިސާގަ ބޭރުޤައުމުތަކުން މީހުން އެތެރެކޮށް އެ މީހުން ބޭނުންކޮށްގެން ހަށިވިއްކުމުގެ ކަންކަން ހިންގަމުންދާކަން" މިނިސްޓަރު އިހުސާނު ވިދާޅުވިއެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ބޭރުން ގެންނަ އަންހެން މަސައްކަތްތެރިންނާއި ޓޫރިސްޓު ވިސާގައި މީހުން އެތެރެކޮށްގެން ކަމަށާއި މިގޮތަށް ހަށިވިއްކާ ފަރާތްތައް ވަގުތުން ޑީޕޯޓް ކުރުމުގެ މަސައްކަތް އެ ވުޒާރާއިން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

މާލޭގައި ހަށިވިއްކުމުގެ ވިޔާފާރި ހިންގަމުން ގެންދާ ވާހަކައަކީ ނިމިދިޔަ ސަރުކާރުގައިވެސް ވަރަށް ގަދައަށް ދެކެވުނު ވާހަކައެއް ކަމުގައި ވީ ނަމަވެސް މިހާތަފްސީލްކޮށް މިވާހަކަ އާއްމުންނާއި ހިސާބަށް ކަމާއި ގުޅުން ހުރި ވުޒާރާއަކުން ހާމަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.