މާލޭގައި ޕާކުކުރުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް
ހަބަރު
12 Feb 2024 | 20:08
ހަގީގަތުގައި ނެތް ގަރާޖު ތަކަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފަ އެބަހުރި: އިހްސާން

މާލޭގެ މަގުމަތީގައި ޕާރކު ކޮށްފައިވާ ވަރަށް ގިނަ ވެހިކަލަކީ ހަގީގަތުގައި ނެތް ގަރާޖުތަކެއް، އެއީ ހުރި ގަރާޖު ތަނެއް ކަމަށް ދައްކައިގެން އެތަން ތަނުގެ ނަމުގައި ރަޖިސްޓްރީކޮށް މާލެއަށް އެތެރެކޮށްފައިވާ ވެހިކަލްތައް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިހްސާން މިފަދައިން ވިދާޅުވެފައިވަނީ "ހޯމް ޓީމް" ގެ ނަމުގައި އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ނިމިދިޔަ އިބްރާޙިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މާލެއަށް ގެންނަ ވެހިކަލްތައް އަގުހެޔޮކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތުތައް ވަރަށްބޮޑަށް ހުޅުވާލައިފައިވާ ކަމަށާއި، އޭގެ ބޭނުންހިފައިގެން ގިނަ އަދަދެއްގެ ވެހިކަލްތައް މާލެ ގެނެސް މާލޭގެ މަގުތަކުގައި ޕާކުކޮށްފައި އެބަހުރި ކަމަށެވެ.

"ގަރާޖުތަކުގެ ގޮތުގައި ހަގީގަތުގައި ފިޒިކަލީ ނެތް ތަންތަނަށް އެތައް ބައިވަރު ކާރެއް ރަޖިސްޓްރީކޮށްފައި. ވެހިކަލްތައް ރަޖިސްޓްރީކޮށްފައި. އެ ތަކެތި މިހާރު މަގުމަތިން އެ ފެންނަމުން މި ދަނީ،"

 މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މާލޭގެ ޓްރެފިކުގެ ކަންތައްތައް ހައްލުކުރުމަށްޓަކައި ޤަވާޢިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުފަހަރުތައް ނަގަން ފަށާނީ އެ ތަކެތި ނަގަން ވެސް މުހުލަތެއް ދިނުމަށް ފަހުގައި ކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

."ގާނޫނާ އެއްގޮތަށް ޕާކުކުރެވޭ ތަންތަނަށް ގެންދިއުމަށް ފުރުސަތެއް ދީފައި އަޅުގަނޑުމެން ޓޯ ކުރާނީ،"

 މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މިއަދުގެ މިބައްދަލުވުމުގައި އެންމެހައި ރައްޔިތުންނަށް އިލްތިމާސެއްގެ ގޮތުގައި މިނިސްޓަރ އިހްސާން ވިދާޅުވީ ޕާރކިންގ ސްޓީކާޖެހުން ވަގުތީ ގޮތުން ހުއްޓާލައިފައިވީ ނަމަވެސް އެންމެންގެ ރައްކަލަކަށްޓަކައި ކަނޑައެޅިފައިވާ ހަމަ އާއި އުސޫލުގެ މަތިން މާލޭގެ މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.