އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ހަބަރު
12 Feb 2024 | 20:37
ރާއްޖޭގެ އިޤްތިޞާދަށް މިއަހަރު %5.5 އިންސައްތައިގެ ކުރިއެރުން ލިބޭނެ: ސައީދު

ދިވެހިރާއްޖޭގެ އިޤްތިޞަދަށް މިއަހަރު %5.5 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް ތައްޔާރުވާ ކަމަށް ހަބަރުތައް ފެތުރުމާ ގުޅިގެން ރާއްޖޭގެ މާލީ ވުޒާރާއިން ނެރުނު ބަޔާން ރިޓުވިޓް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި މިނިސްޓަރ ސައީދު ވިދާޅުވެފައި ވަނީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭ ވައްޓާލައިފައިވަނީ މާލީގޮތުން ވަރަށް ނުރައްކާތެރި ހާލަތަކަށް ކަމަށެވެ. އެ ނުރައްކާތެރި މާލީ ހާލަތުން ސަލާމަތްކޮށް ދަރަނި އަދާކޮށް އަދި ނުދައްކާ ހުރި ބިލްތައް ދައްކަމުން އަންނަ ކަމަށް ވެސް ސައީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

"މި އަހަރު އިންޝާ ﷲ. ރާއްޖޭގެ އިގްތިސާދު %5.5 ކުރިއެރުމެއް ލިބޭނެ. އެސްޑީއެފް އަށް ޑޮލަރު މިހާރު ވެސް އެބަ ޖަމާކުރަން،" 

މިނިސްޓަރ ސައީދު ޕޯސްޓް ނިންމާލައްވަމުން ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައި ވާއިރު މިއަދު ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރުގައި ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

މި ސަރުކާރުވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ މާލީހާލަތު ރަނގަޅުކުރުމަށްޓަކައި ހަރުދަނާ ފިޔވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ. އަދި ދުނިޔޭގެ ބޮޑަތި މާލީ ޢިދާރާތަކުން ވަނީ މި ސަރުކާރުގެ އިޤްތުޞާދީ އެޖެންޑާ ބަލައިގަންނަކަން ހާމަކޮށް އެ އެޖެންޑާއަށް ތައުރީފް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.