އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
ހަބަރު
13 Feb 2024 | 15:05
ޑޮލަރުގެ ދަތިކަން ދެތިން މަސްތެރޭ އެއްކޮށް ހައްލުވާނެ: ސަޢީދު

ދިވެހި ވަޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ޑޮލަރުގެ މައްސަލައަށް ކުރިއަށް މިއޮތް ދެތިން މަސްދުވަހެއްގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައިވަނީ ދުބާއީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން މެދުވެރިވި އެއް ސަބަބަބަކީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާ ނިމިދިޔަ ސަރުކާރުން ބޭނުންކުރުމުން ކަމަށެވެ.

"އެންމެ ބޮޑު އިޝޫއަކަށް މިއުޅެނީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ކުރިން ޖަމާކުރަން ފެށި ފައިސާތަކެއް ކުރިން ނިމިދިޔަ ސަރުކާރުން ހުސްކޮށްލުން. އޭގަހުރި ފައިސާވެސް ވަނީ ނަގާފަ. އެއީ އަޅުގަނޑުމެން ޑެޓް ރީޕޭމަންޓަށް ކަލެކްޓް ކުރަމުންދިޔަ ޑިޕޮސިޓުތަކެއް. އެ ހުސްކޮށްފަ ހުރީ." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ދުނިޔޭގެ މެދުއިތުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ހަނގުރާމަތަކާއި ގުޅިގެން ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި އެކު ރާއްޖެގެ ޑޮލަރުގެ ބާޒާރަށް އަސަރުކޮށް ޑޮލަރުގެ ކަޅުބާޒާރެއް އުފެދިފައިވާ ކަމަށެވެ. އަދި މި ޑޮލަރުގެ ކަޅުބާޒާރަށް ބައެއް ވިޔަފާރިވެރިން ބަރޯސާ ވުމަކީ ޑޮލަރުގެ ކަންތައްތައް ހައްލުކުރުމަށް ދިމާވި ގޮންޖެހުމެއް ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

" މިހާރު މި އުޅޭ އިޝޫއަކީ ބްލެކް މާކެޓެއް އޮވެފައި އެ މާކެޓަށް ވިޔަފާރިތަކެއް ބަރޯސާވެގެން އުޅޭ މައްސަލަ. އެ މައްސަލަ އަޅުގަނޑުމެން ހައްލުކޮށް ކުރިއަށް އޮތް ދެތިންމަސް ތެރޭގައި ހައްލަކަށް އެޅިގެންދާނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވަނީ ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5.5 އިންސައްތައަށް މިއަހަރު އަރާނެކަމަށް ލަފާކުރެވޭކަމަށާ، މީގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ނުކުރާ އަދަދަށް ފަތުރުވެރިންވެސް ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ކަމަށެވެ. އަދި ވަށާޖެހޭ އިޤްތިޞާދީ ހުރިހާ ހަރަކާތްތަކެއްވެސް މި ސަރުކާރުން ކުރިއަށް ގެންދަވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.