މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ މަޖިލިސް
ހަބަރު
13 Feb 2024 | 18:23
ޝަރުތު ހަމަވާ ލިސްޓަށް އަންނަ ހަފްތާގައި ފްލެޓް ދޫކުރަން ފަށާނަން: ޑރ. ހައިދަރު

ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ފުލެޓްތަކުގެ މައްސަލަ އޭސީސީން ބެލުމަށްފަހު ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު މިނިސްޓަރ ޑރ.ހައިދަރު މަޖިލިހުގެ ކޮމެޓީއަށް ހާޒިރުކޮށްފައި މިވަނީ ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވުމާއި، ފޯމު ހުށައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކަނޑައެޅުމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށްކަމަށް ބުނެއެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ހައިދަރު ވިދާޅުވީ އޭސީސީން ފޮނުވާފައިވާ ޝަރުތު ހަމަވާ %20 މީހުންގެ ލިސްޓުގައި ހިމެނެނީ 724 މީހުންކަމަށާއި އަދި އެކޮމިޝަނުން ހިއްސާކޮށްފައިވާ ލިސްޓުގައި ހިމެނެނީ ހަމަ އެކަނި ފޯމުގެ ނަމްބަރު އެކަނި ކަމަށެވެ.  

މިނިސްޓަރ ހައިދަރު އިތުރަށް ވިދާޅުވީ ޕޯޓަލްގެ އެކްސެސް މި ހަފްތާ ތެރޭގައި ވުޒާރާއަށް ދޭނެކަމުގެ ޔަޤީންކަން އޭސީސީން ދެއްވާފައިވާކަމަށާއި، އެކްސެސް ލިބުމުން އަންނަ ހަފްތާގައި ފްލެޓް ދޫކުރުމާއި ގުޅޭ ކަންކަން ފައްޓަވާނެ ކަމަށެވެ.

"ދެތިން ދުވަހުގެ ތެރޭގައި އެކްސެސް ލިބޭނެ. އޭރުން ލިސްޓުގައި ހިމެނޭ މީހުން ކަނޑައެޅިގެން އެނގޭނީ. އޭރުން އިތުރަށް މަޢުލޫމާތު ޔަގީންކޮށް، ގުޅައި އެމީހުން ގެނެސް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަން. 2 ހަފްތާއިން މި މަސައްކަތް ނިމޭނެ." ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަލީ ޙައިދަރު ވިދާޅުވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓްގެ ތެރެއިން، ފްލެޓް ލިބޭ މީހުންގެ 59.6 އިންސައްތަ މީހުންގެ ޝަރުޠު ހަމަނުވާކަމަށް އޭސީސީގެ ތަހުގީގުންވަނީ ހާމަވެފައެވެ. އަދި ޝަރުޠު ހަމަވާކަމަށް ފާހަގަކުރެވުނީ 20.7 އިންސައްތަ މީހުންގެ ފޯމްކަމަށް އޭސީސީން ވިދާޅުވެއެވެ.

ކޮމެންޓް
ކަސްތޫރި
ކޮބާ 2018 ބެހި ފުލެޓް ތަކުގެ މައްސަލަ ތައް ބަލަން ކެރިދާނެ ތަ އޭސީސީގެ މެންބަރުން ނައް. އޭރު ވެސް މައްސަލަ ތައް ހުއްޓޭ ލިސްޓުގަ އެމްޑީޕީގެ ސަރުކާރުން އެ ލިސްޓް އޮތް ގޮތައް ބަހާލީއޭ. އޭސީސީ ވެސް އޮތޭ.
13 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.