ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު
ހަބަރު
14 Feb 2024 | 15:35
ހެރިޓޭޖު މިނިސްޓްރީއަށް ވިލަރެސްވެރިން ހޯދަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މުޅިން އަލަށް އުފެއްދެވި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ދަށުން ހިންގުމަށް އުފައްދާފައިވާ ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒަށް ވިލަރެސް ވެރިން ހޯދުމަށް އެ ވުޒާރާގެ ފަރާތުން އިޢުލާން ކޮށްފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިއްޔެ ގެޒެޓްކުރި މި އިއުލާނުގައި ބުނެފައިވަނީ ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމާއިބެހޭ މަޢުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާކުރުމާއި އަދި ދިރާސާތައް ޝާޢިޢުކުރުމުގެ މަސައްކަތަށް 10 ވިލަރެސްވެރިއަކު އެ ވުޒާރާއަށް ބޭނުންވާކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޕޮލިޓިކަލް ސައިންސާއި، ކައުންސެލިންގ އެންޑް ސައިކޮލޮޖީއާއި، ބަހާއި އަދަބިއްޔާތު އަދި ސޯޝިއޮލޮޖީ ދާއިރާއިން ތަޢުލީމު ޙާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. އަދި އަސާސީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކަމާއިގުޅޭ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ބެޗްލާރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ވިލަރެސްވެރިން ނެގުމުގައި އިސްލާމް ދީނަށް ހުރުމަތްތެރިކޮށްހިތާ ޤައުމު ދެކެ ލޯބިވާ އަދި ދިވެހިވަންތަކަމުގެ ބަހާތަކަށް ލޯބިކުރާ ފަރާތަކަށް އިސްކަންދެއްވާނެއެވެ.

ވިލަރެސްވެރިންގެ ގޮތުގައި ނެގޭ ފަރާތްތަކަކީ ދެ އަހަރުގެ މުއްދަތަކަށ ކޮންޓްރެކްޓް އުސޫލުން ނެނގޭ ބަޔަކަށް ވާއިރު އެމީހުންގެ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހެއްގެ މައްޗަށް 25000 ރުފިޔާއެވެ. އަދި އޭގެ އިތުރުން އެލަވަންސްއެއްގެ ގޮތުގައި 5000 ރުފިޔާ ލިބޭނެކަމަށްވެސް އިއުލާނުގައި ވެއެވެ.

 ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން 10 ވިލަރެސް ވެރިއަކު ހޯދުމަސް އިއުލާނުކޮށްފައިވާ އިރު އެ މިނިސްޓްރީގެ ފަރާތުން މިހާރުވެސް އަންނަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމަށްޓަކައި ނުހަނު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން މާލޭގައި ހުރި އާސާރީ ބިނާތައް ސާފުކޮށް އާބާތުރަ ފިލުވުމުގެ ހާއްޞަ މަސައްކަތްކެއް ކަމާއި ގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން އެ ވުޒާރާއިން ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.