ޗައިނާގެ ފުލައިޓް ރާއްޖޭގައި ޖެއްސުން / ފޮޓޯ: މިނިސްޓްރީ
ހަބަރު
14 Feb 2024 | 19:36
ޗައިނާގެ ޒިއަމަން އެއަރގެ ފުރަތަމަ ފުލައިޓް މިއަދު ރާއްޖެ އަތުވެއްޖެ

ޗައިނާގެ ޒިއަމަން އެއަރގެ ފުރަތަމަ ފުލައިޓް ޗައިނާގެ ފުޖިއަން ޕްރޮވިންސްއިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޒިއަމަން އެއަރގެ ފުރަތަމަ ފުލައިޓް މިއަދު އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓްގައި ޖެއްސުމާއިއެކު އޭގެން ދަތުރުކުރި ފަރާތްތަކަށް ވަނީ ސަގާފީ ބޮޑުބެރާ އެކު ވަރަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ.

މިފުލައިޓް މިއަދު ހެދުނު އެއާރޕޯޓަށް ޖެއްސިއިރު ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ވާންގް ލީޝިން އަދި ސަރުކާރުގެ ކަމާއިބެހޭ ވުޒާރާތަކުގެ ވެރިން ވަނީ މި ފްލައިޓްގައި ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށްޓަކައި އެއާރޕޯޓަށް ވަޑައި ގަންނަވާފައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތަޢުފީޤު ވިދާޅުވީ ގޮތުގައި މީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.

އޭގެ އިތުރުން މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތަޢުފީޤު ފާހަގަ ކުރެއްވި ގޮތުގައި ހޮންގްކޮންގް އެއާލައިންސްއިން ރާއްޖެއަށް މިއަހަރުގެ ޖެނުއަރީ މަހު ފެށި ސިދާ ދަތުރުތަކުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރު ވެފައެވެ.

މިގޮތުން ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ،އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާ ވެފައި ވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަށެވެ. މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ އިންޑިއާ ވަނީ މި ލިސްޓުގެ 5 ވަނައަށް ވެއްޓިފައެވެ.

ވޭތުވެދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއަހަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ފަރުރުވެރިކަމާއި ބެހޭ ވުޒާރާއިން އަމާޒު ހިފާފައި ވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.