ރައީސްގެ ޖަވާބުގެ ސިލްސިލާގައި މާފުށީ އަހުމަދު ސަމީރު ރައީސް މުޢިއްޒާއި ސުވާލު ކުރެއްވުން--
ހަބަރު
15 Feb 2024 | 11:45
މި އަހަރު ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް މަސައްކަތް ކުރާނަން: ރައީސް މުޢިއްޒު

މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ، ރައީސުލްޖުމުހޫރިއްޔާ އާއި ރައްޔިތުން ސުވާލު ކުރުމަށް ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބު ގައި މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން ސަމީރު ވަނީ މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓޭނެ ތާރީޚަކާއި، އެރަށު ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން، ޑޮލަރު ލިބުމަށް ޢާއްމުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރެވޭނީ ކޮންއިރެއްގައިތޯ ސުވާލު ކޮށްފައެވެ.

އެއަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށާ، އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. 

އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާއި ވާހަކަ ދައްކައިގެން އިރާދަކުރެއްވިޔާ މިއަހަރުގެ ތެރޭގައި، އަޅުގަނޑުގެ ޓާގެޓަކީ ހަމަ، ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، މާފުށީގެ ބިން ހިއްކުމަކީވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށާ، އެކަން މި އަހަރު ތެރޭގައި ފެއްޓޭނެ ކަމުގެ ޔަގީންކަން ނުދެއްވުނަސް، ވަރަށް އަވަހަށް، ވަރަށް އިސްކަމެއް ދެއްވައިގެން އެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. 

(ވަޢުދުތައް ފުއްދުމަށް) އެންމެ ފަހު އަހަރަށް މަޑުކޮށް، އެގޮތަކަށް ނޫން އަޅުގަނޑު މަސައްކަތް ކުރާ ގޮތަކީވެސް. ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހެވާއި ލާބައަށް، މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދެވޭތޯ ބެލުން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޑޮލަރުގެ ތާށި ކަމަކީ އިގްތިޞާދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވުނުން ހައްލުވާނެ މައްސަލައެއް ކަމަށެވެ. އަދި އިންވެސްޓްމަންޓްތައް ގެނެވި، ރާއްޖޭގައި ބިޔަ ބޮޑެތި މަޝްރޫޢުތައް ހިންގެން ފެށުމުން ޑޮލަރު ތިޔާގި ވާނެ ކަމަށެވެ. އެއާއެކު ޑޮލަރު ލިބުން ފަސޭހަވެ އަވަސް ވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.