ފަންނީ އުފާގެ މައުލޫމާތު ދިނުމުގެ ތެރެއިން
ހަބަރު
15 Feb 2024 | 17:06
ޔޫތް މިނިސްޓްރީގެ "ފަންނީ އުފާ" ހުކުރު ދުވަހު ބާއްވަނީ

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން ހަފްތާ ބަންދުގެ ހުކުރު ދުވަހު ޒުވާނުންގެ މަރުކަޒުގައި "ފަންނީ އުފާ" ގެ ނަމުގައި ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީގެ ފަރާތުން ސޯޝަލްމީޑިއާގައި އާއްމުކުރި ކުރު ވީޑިއޯއެއްގައެވެ.

މި ވީޑިއޯގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަސީލް ވިދާޅުވީ "ފަންނީ އުފާ" ޕްރޮގްރާމުގައި ބޮޑަށް އިސްކަންދޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ބާރުވެރި ކުރުވުމަށާއި، ޒުވާނުންގެ ހުނަރުތައް ދައްކާލުމަށް ޕްލެޓްފޯމެއް ހުޅުވާލަ ދިނުމަށް ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަވީރު ދަންފަޅީގައި ކުރިއަށް ގެންދެވޭނީ ކުޑަކުދިންނާއި ގުޅުންހުރި ހަރަކާތްތައް ކަމަށާއި ރޭގަނޑު ޚާއްސަ ވެގެންދާނީ ސްޓޭޖް ޕަރފޯމެންސްތަކަށް ކަމަށެވެ.

ހަރަކާތްތައް ކުރިއަށްދާއިރު ސޯޝަލް ސެންޓަރުގައި ބެހެއްޓިފައި ހުންނަ ސްޓޯލްތަކުން ޒުވާން ފަންނުވެރިންގެ "ފައިން އާޓް"، "ލައިވް އާޓް" އަދި ޕާރފޯމިންގ އާޓް ވެސް ފެނިގެންދާނެކަމަށް އަސީލް ވިދާޅުވިއެވެ. އޭގެ އިތުރުން ރޭގަޑު ޒުވާނުންނަށް ހާއްސަކުރެވިގެން ކުރިއަށް ގެންދާ އިވެންޓުގައި ބޮޑުބެރާއި ، ލައިވް މިޔުޒިކު ހިމެނޭނެކަމަށް ވެސް އަސީލް ވިދާޅުވިއެވެ.

"ހުރިހާ ޒުވަނުންވެސް މިތަނަށް އަންނާތި ، މިތަނުން ބައިވަރު ފުރުސަތުތައް ލިބިގެން ދާނެ"  ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަސީލް ވިދާޅުވިއެވެ.

މިނިސްޓްރީގެ ވީޑިއޯ ނިންމާލަމުން އަސީލް އެދިލެއްވީ ޒުވާނުންނަށް ހުޅުވާލާ މި ރަނުގެ ފުރުސަތުގެ ބޭނުން ވީހާވެސް ގިނަ ޒުވާނުން ހިފައި، ހުކުރުދުވަހުގެ ޕްރޮގްރާމްގައި ހުރިހާ ޒުވާނުން ވެސް ބައިވެރިވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.