މިނިސްޓަރ ޑރ. ޝަޙީމް އުމުރުން 11 އަހަރުގެ އަލްހާފިޒް އިޒްކާން އާއި ބައްދަލުކުރައްވަނީ
ހަބަރު
15 Feb 2024 | 21:28
މިފަހަރު ނޫރުމިސްކިތުގައި ތަރާވީސް ނަމާދު ކޮށްދޭނީ 11 އަހަރުގެ އިޒްކާން

ކުރިއަށް އޮތް ރަމަޟާންމަހު މާލޭ ނޫރު މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދު ކޮށްދެއްވާނީ އުމުރުން އެންމެ 11 އަހަރުގެ އަލްހާފިޒް އިޒްކާން އަޖީބު ހުސެއިން ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރައްވައިފިއެވެ.  

މިކަން ހާމަކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީން މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ އަންނަ އަހަރުގެ ރަމަޟާން މަހު ނޫރު މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދުކުރާނީ، އުމުރުން އެންމެ 11 އަހަރުގެ އަލްހާފިޒް އިޒްކާން އަޖީބު ހުސެއިން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު  ޝަހީމް އަލީ ސަޢީދު ނިންމަވާފައިވާ ކަމަށެވެ.  

މިނިސްޓްރީގެ ފަރާތުން މިފަދައިން ޕޯސްޓެއް ކުރެއްވި އިރު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް ވަނީ އުމުރުން އެންމެ 11 އަހަރުގެ އަލްހާފިޒް  އިޒްކާން އާއި ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި މިނިސްޓަރ ވިދާޅުވެފައި ވަނީ އިޒްކާން ވަނީ ގުރުއާން ހިތުދަސްކޮށް ނިންމާފައި ކަމަށާއި، ހާފިޒު ކަމުގެ ސަނަދު ހާސިލްކުރުމަށް ފަހު މަންމަ އާއި ބައްޕައާ އެކު އިޒްކާން ވަނީ މިނިސްޓަރާއި ބައްދަލު ކުރައްވާފައި ކަމަށެވެ.

" އުމުރުން 11 އަހަރު. އިޒްކާން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިހާނު ހަދައި ނިންމުމުން އޭނާއާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކޮށްލުމަކީ އުފާވިކަމެއް. އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުޞަތު ދެއްވުމަށް. އިންޝާ ﷲ ފުރުޞަތު ލިބިގެންދާނެ." 

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީން މިއަދު މިފަދައިން އިޢުލާން ކުރައްވާފައި ވާއިރު ދާދިފަހުން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ގްރޭޑް 10 ން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމަވާފައެވެ. އަދި އެކަމަށް ޝަޢުޤުވެރިކަން ފާޅުކުރި ކުދިންނަށް ތަމްރީނުވެސް ދޭން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.