މިނިސްޓަރ އަމީން
ހަބަރު
17 Feb 2024 | 15:27
އުޅަނދުގެ ލިމިޓް ކަނޑައަޅާ ޤަވާއިދު ނިންމާ 10 ދުވަސްތެރޭ ގެޒެޓް ކުރަނީ

މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި އެއްގަމުގައި ދުއްވާ އުނޅަދު ފަހަރުތައް ދުއްވޭނެ އަދަދާއި، އަދި އުނޅަދުތައް ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ޤަވާއިދު މުރާޖައާކޮށް ބަދަލު ގެނެސް ކުރިއަށް އޮތް 10 ދުވަސްތެރޭ ގެޒެޓުކުރެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިފަދައިން ވިދާޅުވެފައި ވަނީ އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ޕްރޮގްރާމު އިފްތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މި ޤަވާއިދަކީ މަގުތައް ތޮއްޖެހުމުން ސަލާމަތްކުރުމަށް ވަރަށް މުހިއްމު ޤަވާއިދަކަށް ވާއިރު މި ޤަވާއިދުން މުރާޖައާކޮށް އަލުން ނެރުމަށް 2 މަސްދުވަސް ހޭދަވާނެކަމަށް ކުރިން އަންދާޒާކުރެވުނު ނަމަވެސް މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުން 10 ދުވަސްތެރޭ ޤަވާއިދު ގެޒެޓްކުރެވިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް 10 ދުވަސްތެރޭ އެ ގަވާއިދު ގެޒެޓުކުރެވޭނެ، ސިޓީ ކައުންސިލަށް އެމަސައްކަތްކުރުމަށް އެކަށީގެންވާ ގަވާއިދެއްގެގޮތުގައި އެ ގަވާއިދު ބަދަލުވެގެންދާނެ،" 

މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ވެހިކަލް ތޮއްޖެހުން އެންމެބޮޑީ މާލެ ސިޓީގައި ކަމަށްވީ ނަމަވެސް ރާއްޖޭގެ ބޮޑަތި ސިޓީތަކާއި އަދި އާބާދީ ބޮޑަތި ރަށްތަކުގައި އެއްގަމު އުނޅަދުފަހަރު ގިނަވުމުގެ ސަބަބުން، އެފަރާތްތަކުންވެސް އަންނަނީ އުނޅަދު ލިމިޓްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަމުންނެވެ.

މާލެސިޓީ ކައުންސިލުން މިހާރު ނިންމާފައި ވަނީ މާލޭގައި އެއްގަމުލީ އުނޅަދުތައް ދުއްވޭނެ ލިމިޓަކާއި، އުނޅަދު ދުއްވޭނެ މުއްދަތެއް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ ކަނޑައެޅުމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައިވާ ގޮތުން ރަށެއްގައި ނުވަތަ ސިޓީއެއްގައި  ނޫންނަމަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި ރަޖިސްޓްރީކުރާ އުޅަނދުގެ އުމުރުވެސް ކަނޑައަޅަން ޖެހޭނީ އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.