އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވުން / ފޮޓޯ:ރައީސް އޮފީސް
ހަބަރު
17 Feb 2024 | 19:32
އިސްރަށްވެހިންގެ ފުރަތަމަ ނާދީ ހުޅުވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި ފަދައިން އިސްރަށްވެހިންގެ ފުރަތަމަ ނަދީ މިއަދު އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުވެސް އެންމެބޮޑަށް ވެ ވަޑައިގެންނެވި އެއް ވައުދަކީ ޤައުމުގެ އިސްރަށްވެހިން ހަވާސާ ނުކުރައްވާނެކަމާއި، އެބޭފުޅުންނަށް ދޭންޖެހޭ ފުރިހަމަ ލޯތްބާއި ކުލުނު ދެއްވާނެކަމުގެ ވަޢުދެވެ.

އެގޮތުން އެމަނިކުފާނުގެ ވެރިކަމަށް 100 ދުވަސް ވުމުގެ ކުރިން މިއަދު މިވަނީ މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި، އެފަރާތްތަކުގެ ސިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އިސްރަށްވެހިންނަށް ހާއްސަ ނާދީއެއް ކުރީގެ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގައި ހުޅުވައިދެއްވާފައެވެ.

މިއަދު މި ހުޅުވުނު އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިޙާމް ވިދާޅުވީ، މިއަދު ހުޅުވުނު ނާދީން، އިސްރައްވެހިންނަށް ދޭނެހިދުމަތްތައް ކަނޑައަޅާފައިވަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާއެއް ވާހަކަދައްކާ މަޝްވަރާކުރުމަށްފަހު އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ރަނގަޅު ޚިދުމަތްތައް ބައްލަވައިގެން ކަމަށެވެ.

"މި ނާދީ ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުތަނަވަސްކަމަށް ހިތްހަމަޖެހުމެއް ލިއްބައިދޭނެ ތަނަކަށް. ގިނަ އިސްރަށްވެހިން މިތަނަށް އައިސް ޚިދުމަތް ހޯދުމަށް އެދެން. އުމުރުން ދުވަސްވުމުގެ ސަބަބުން އަމިއްލައަށް ނާދެވޭ މީހުންނަށް އެމީހުންގެ އާޢިލާ މީހުން މިތަނަށް ގެނެސްދިނުން އެދެން." 

މިނިސްޓަރ ޑރ. އައީޝަތު ޝިހާމް ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދު މިހުޅުވުނު އިސްރަށްވެހިންގެ ފުރަތަމަ ނާދީން ، އިސްރަށްވެހިންނަށް ބޭނުންވާ ގިނަގުނަ ޚިދުމަތްތަކެއް ލިބިގެން ދާނެކަމަށެވެ.

އެގޮތުން ކޮންމެ  ހަފްތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމެއް ހިންގުމާއި، ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ތައް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާނެއެވެ. އަދި ކޮންމެ 3 މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ޚިޔާލުފާޅުކުރުމާއި، ތަޖުރިބާ ޚިއްސާކުރުމަށް އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރައްވައެވެ.

މި ސަރުކާރުގެ ފުރަތަމަ"އިސްރަށްވެހިންގެ ނާދީ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފާއި ، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި އަދި އިސްރަށްވެހިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.