ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
17 Feb 2024 | 21:05
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މައިންބަފައިން ބަލަހައްޓާ ފަރާތްތަކަށް އިސްކަންދޭނަށް: ރައީސް މުޢިއްޒު

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދޮށީއުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ މައިންބަފައިން ބަލަހައްޓާ ފަރާތްތަކަށް އިސްކަން ލިބޭނެ އުސޫލުތަކެއް ކަނޑައެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގެ ދަށުން މާލޭގައި ގާއިމްކުރެއްވި އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ހަރުދަނާ ބޯހިޔާވަހިކަމުގެ ސިޔާސަތެއްގެ ތެރެއިން ދެމެހެއްޓެނިވި ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގައި ތިބި ދޮށީ އުމުރު ، 65 އަހަރުން މަތީ މީހުންނަށް ރައްކާތެރިކަމާއެކު ހިތްހަމަޖެހިގެން އާއިލާއާއި އެކު އުޅުމަށް މަގުފަހިވާނެ ގޮތަށް ސަރުކާރުން އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމުތައް އެކަށައެޅުމަށް ސޯޝަލް ކައުންސިލުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.

"އެހެންވީމަ ކުރިއަށް އޮތްތަނުގައި މިކަމަށް ހާއްސަ ބިލެއް މަޖިލީހަށް ފޮނުވޭނެ. ހައުސިންގ ކެޓެގަރީތަކުގެ ފަންތިތަކާއި ގިންތިތައް ކަނޑައެޅުމާއި ގުޅޭ ބިލެއް، މި ބިލް ފަރުމާ ކުރެވިގެން ދާއިރު، ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް ދޭން ޖެހޭ ސަމާލުކަމެއް ދިނުން، އިސްރަށްވެހިންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގޭތެރޭގައި ކަންތައް، މާލޭގައިވެސް ރާއްޖޭގައިވެސް ހުރި ގޮތުން، ދަތިތައް އެބަހުރި ގެދޮރުގެ މައްސަލައިގައި، އެ ދޭން ޖެހޭ އިސްކަމެއް ނުދެވޭ،".

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން ދައުލަތުން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިދުމަތްތައް ފޯރުކޮށް ދެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށް ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އާބާދީގައި ތިބި ދޮށީއުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފުރިހަމަ މައުލޫމާތު މިހާތަނަށް އެއްކުރެވިފައި ނުވުމަކީ ރާއްޖޭގެ އާދާބީ ގައި ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ލިބެން ޖެހޭ ބަޔަކު އެ އެހީތެރިކަމުން މަހުރޫމުވެގެން ދިއުމުގެ އިހުމާލު އޮތް ކަމެއް ކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމަށް ރިއާޔަތްކޮށް ކެބިނެޓުން މިހާރު ނިންމާފައިވަނީ ރާއްޖޭގެ އާބާދީ ގައި ދައުލަތުގެ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ހަވާސާވެފައި ތިބި ދޮށީއުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ދެނެގަނެ އެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ގައުމީ ފެންވަރުގެ ސާވޭ އެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ކަމަށެވެ.

"މި ސާވޭ ނިމި ދަފްތަރު އެކުލަވާލެވުމާ އެކު އެއް ވިއުގައިގެ ތެރެއިން ރާއްޖޭގެ އާބާދީގަ އި ތިބި ދޮށީއުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ބެލޭނެ ނިޒާމު ގާއިމު ކުރެވިގެންދާނެ. އަދި ދައުލަތުގެ ހާއްސަ ސަމާލުކަން ބޭނުންވާ މީހުންގެ ތެރެއިން ހަވާސާވެފައި ތިބި މީހުން ދެނެގަނެވި ފުރަތަމަ މަރުހަލާގަ އި ދައުލަތުން އެ މީހުންނަށް ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަމަކީ ކޮބައިތޯ ބަލައި އެ ހިދުމަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފެށިގެން ދާނެ،" 

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވީ އިސްރަށްވެހިންނާއި، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދިނުމުގައި ބުރަ މަސައްކަތެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މެންޑޭޓްގައިވެސް ހިމެނި އެކަންތައްތައް ވެސް ފުރިހަމަ ކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.