ބޭސް
ރިޕޯޓް
18 Feb 2024 | 06:03
ރިޕޯޓް: ކެއްސާކެއްސާ މިއޮތް މަރުވަނީއެވެ!

މިކެއްސުމެއް ނުހުއްޓުނެވެ. މިރޯގާއެއް ނުފިލިއެވެ. މިހުމަކުން އަރައިނުގަތެވެ. އަހަރެން އެކަންޏެއް ނޫނެވެ. އަނބިމީހާއި ދަރިންވެސް މެއެވެ. ކެއްސަމުން ކެއްސަމުންގޮސް ބައެއް ފަހަރު ހޯއް ގޮވެން އުޅޭހެން ވެސް ހީވެއެވެ. ހޯއްގޮވާ ކެއްސުން ބަލި މިހާރު ރާއްޖޭގައި އުޅޭކަމަށް ކިޔައެވެ.

ޑޮކްޓަރަށް ދެއްކީމާ ބުނަނީ ތީ ދެން މިހާރު ވަރަށް ގިނަ މީހުން އުޅޭހާލެވެ. ކޮފްސިރަޕަކަށް ނުގުޑައެވެ. ޕެނަޑޯލަކަށް މަތައެއް ނުވެއެވެ. ސިޓިރެޒިންދޭތާ ހަފްތާއެއްވެގެންދިޔައިރުވެސް ދަރިފުޅުގެ ރޯގާއަށް އެނގުމެއް ނުވެއެވެ. މިއީ އަހުރެންގެ އާއިލާގެ އެކަނިހާލެއް ނޫނެވެ. ސްކޫލްތަކުން ދިމާވާ ޕޭރަންޓުންގެވެސް ޝަކުވާއެވެ. މިސްކިތަކަށް އަރައިފިއްޔާ ފަރާތްފަރާތުން އިވެނީ ކެއްސުމުގެ އަޑެވެ.

ދާދިފަހުން ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންކޮޅަކާއެކު ސައެއްގައި އިނދެގެން މިވާހަކައެއް ދެކެވިގެން ގޮސް އެންމެފަހުން އެމީހުންނަށް ބުނެވުނީ އަހުރެންގެ ހިތުގައި ޝައްކު އުފެދިގެން އުޅުނު ކަންތަކެވެ. ހެލްތު މިނިސްޓްރީތެރެ އޮތީ މެޑިކަލް މާފިއާއިން ފަތަހަކޮށްފައެވެ.

މެޑްޓެކެއް، މެޑްއިކްއިޕެއް، މެޑިޕްލަސެއް، އޭޑީކޭ ހޮސްޕިޓަލެއް ކިޔާނެ ކަމެއް ނެތެވެ. މިތަންތަނުގެ ފަރާތުން ރެޕްރެޒެންޓެޓިވުންގެ ދަރަޖައިގައި މަސައްކަތްކުރާފަދަ ސްޓާފުން ހެލްތު މިނިސްޓްރީގެތެރޭގައި ވަޒީފާގައި އުޅެއެވެ.

ތަންކޮޅެއް ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެވެސް މެންބަރަކާއި ކުރީގެ މެންބަރަކު ގުޅިފައި އޮންނަ މިފަދަ ކުންފުންޏަކަށް އައިޖީއެމްއެޗަށް ސަޕްލައިކުރަންޖެހޭ ޚާއްސަ އިންޖެކްޝަނެއް އޭގެ އަގު އެތައް ގުނައެއް ބޮޑުކޮށް އައިޖީއެމްޗަށް ވިއްކާކަން ހެލްތު މިނިސްޓަރ މަރިޔަމް ޝަކީލާއަށް ފާހަގަ ކުރެއްވިގެން އެކަން ހުއްޓުވުމަށް މަސައްކަތްކުރެއްވުމުން އެކަމަނާގެ ވަޒީފާ ގެއްލިގެންދިޔައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ފެންމަތިވީ ވެންޓިލޭޓަރު ވައްކަމެވެ. ހެލްތު މިނިސްޓްރީގެ އަޅުގަނޑާއި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވާގޮތުން ރާއްޖޭގެ މެޑިކަލް މާފިއާ އޮންނަނީ ޑަބްލިޔުއެޗްއޯފަދަ އޭޖެންސީތަކުގެ މީހުންނާއިވެސް ގުޅިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް ދިވެހިރައްޔިތުންނާ މުޚާތަބު ކުރެއްވި ކުރެއްވުމެއްގައި އަގުހެޔޮކޮށް ދިވެހިރާއްޖެއަށް ބޭސް ހޯއްދެވުމުގައި ކާމިޔާބުތަކެއް ހޯއްދެވިކަމަށް ވިދާޅުވިއެވެ. ދެން އިވުނީ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދިޔަ ކުޑަކުދިންގެ ކޮފްސިރަޕަކުން ވިހަމާއްދާއެއް ހުރެގެން މަނާކުރި ވާހަކައެވެ. އަދި އަހަރެމެން އާއްމުކޮށް މިކާ ޕެނަޑޯލްގެ ފެންވަރު ދަށްކަމުން ފުނޑިފައި ހުންނާތީ އެވެސް މަނާކުރި ވާހަކައެކެވެ. އޭޑީކޭއާއި އެހެންވެސް ޕްރައިވެޓް ކްލިނިކްތަކާއި ރަށްރަށުގެ ހަސްފަތާލުތަކަށް ގެންނަ ޑޮކްޓަރުންގެތެރެއިން ފެންވަރު ދަށްވެގެން ފޮނުވާލެވޭ ޑޮކްޓަރުން ނުވަތަ ފޭކް ޑޮކްޓަރުންވެސް އެހާމެ ގިނައެވެ. އާއްމުގޮތެއްގައި ހެލްތު މިނިސްޓްރީއަށް މައްސަލައެއް އެގޭއިރު ޑޮކްޓަރު ހުންނަނީ ކޮންމެވެސް ގޮތަކުން ފުރުލާވާފައެވެ. އެކަންކަން ހެލްތު މިނިސްޓްރީގެތެރެއިން އޮއްބާލައެވެ.

ރާއްޖޭގެ މެޑިކަލް މާފިއާ ހަރަކާތްތައް ހުންނަނީ ވަރަށް ދުރަށް ރާވާފައެވެ. ރިޔާސީ އިންތިޚާބުގައި ދެކޮޅަށް ލާރިއަޅައެވެ. ކޮންމެ މީހަކު ރައީސްކަމަށް ހޮވުނަސް އެމީހެއްގެ ފަހަތަށް ވަދެ ތިބެނީ ރަނގަޅަށް ފައިހަރުކޮށްގެންނެވެ. އެސަރުކާރަކަށް ޖެހިފައި އޮންނަނީ ދައުލަތުގެ ސިއްހީ ބަޖެޓް އެމީހުންގެ ހިތަކަށް ހުޅުވައިލާފައި ބާއްވާށެވެ.

އިހަށް ދުވަހު ހެލްތު މިނިސްޓްރީން ބޭއްވި ބައްދަލުވުމަކަށް އޭޑީކޭގެ ޑޮކްޓަރ ނާއިފް ދުރުވީ އޭނާގެ ޖީބަށް ފައިލޭރިއާ ޓެސްޓް ކިޓެއް ލައިގެންނެވެ. ބައްދަލުވުމުގެތެރޭގައި އެޓެސްޓްކިޓް ނަންގަވައި ދައްކަވައިލައްވަމުން އޭނާ މިސާލެއް ޖެއްސެވިއެވެ.

ޑޮކްޓަރ ނާއިފް ޖެއްސެވި މިސާލު ކޮންފަރެންސްގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުންނަށް އަންޑަސްޓޭންޑްވިއެވެ. އެއީ ރާއްޖޭގައި ފައިފަލަބަލި ޓެސްޓްކުރަން މުޅި ރާއްޖޭގައި ހިންގާ ހަރަކާތަށް ބޭނުންވާ މެޑިކަލް ސާމާނު އެތެރެކުރަން ހަމައެކަނި މެޑްޓެކާއި ހަވާލުކުރިއިރު އެހެން މީހުންނަށްވެސް ކޮލިޓީ ސާމާނު ގެނެވެން އޮތްކަން ދައްކަވައިދެއްވުމެވެ. އެވާހަކައަށް ހެލްތު މިނިސްޓްރީގެ ބޭފުޅުންނަށް ހެވުނީއެވެ. އެނޫންގޮތެއް ނެތީއެވެ.

ކޮންމެއަކަސް މިއީ އަކީ ކޮންމެހެން ރާއްޖޭގެ މެޑިކަލް މާފިޔާގެ ބާރާއި މުއްސަނދިކަން ހޯދަމުންދާގޮތުގެ ތެރެއަށް ވަންނަން އުޅެނީ އަކީ ނޫނެވެ.

ސަރުކާރުން މެޑިކަލް މާފިޔާ އަޑީދައުލަތަކަށް ހަދައި ދައުލަތުގެ ބަޖެޓް ހިތަކަށް އެމީހުންނަށް ހުޅުވާލާފައި ބައްވައިގެން އެމީހުންގެ އަތުން ވިހައެކުލެވޭ ބޭސްތަކާއި ފެންވަރު ދަށް ބޭސް އޭގެ އަސްލުއަގަށްވުރެ އެތައްގުނައެއް ބޮޑު އަގުގައި އެސްޓީއޯއަށާއި ސަރުކާރަށް ގަނެގެން އަހަރެމެންނަށް އެބޭސް ކާންދީހަދާތާ އެތައް އަހަރުތަކެއް ފަހުން މިއަދު ރައްޔިތުން މިތަޖުރުބާ ކުރަނީ އޭގެ އަފްޓަރ ޝޮކެވެ. ދިފާއީ ނިޒާމު ގަޑުބަޑު ވެއްޖެއެވެ. ސްޓްރޯކް ޖެހޭ ޒުވާނުން އިންތިހާއަށް އިތުރުވެއްޖެއެވެ. ކެންސަރުބަލި އެހާމެ ގިނައެވެ. އެންމެ އާދައިގެ ރޯގާ ހުމެއްވެސް މިހާރަކު ބޭހަކުން ނުފިލައެވެ.

މިވާހަކަ ލިޔަމުންދާއިރުވެސް ކެއްސަނީއެވެ. މިކެއްސުމެއް ނުހުއްޓެއެވެ. މިރޯގާއެއް ނުފިލިއެވެ.

ކޮމެންޓް
ޝުައައިބު
ފަހުގެ ތާރީހެއްގަ ކިޔުނު އެންމެ ލޮގިކަލް އަދި ފުރިހަމަ ރިޕޯޓް. ކޮބާތަ އިންވެސްޓިގޭޓިވް ޖާނަލިސްޓް އަޒާން؟ މިކަހަލަ ކަންކަން ފެންނަވަރަށްވުރެ ބޮޑުވީ ދޯ؟!
18 Feb 2024
އާސިޔާ
ވަރަށް ފުރިހަމަ! މީ އެންމެނަށްވެސްއެގޭ ދައްކަން ނުކެރޭ ވާހަކަ
18 Feb 2024
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ