ރައީސް ޑރ.މުހައްމަދު މުއިއްޒު
ހަބަރު
18 Feb 2024 | 22:49
މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށް ވަނީ ލިޔެ ސޮއިކުރެވިފައި

މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ ސިފައިން ރާއްޖެއިން ފައިބައިގެން ދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އައްޑޫ ފޭދުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.  

"މިހާރު ލިޔެކިއުމަށް ތިރިކުރެވި އެއޮތީ ސޮއިކުރެވިފައި، ތާރީހުތަކެއްގެ މައްޗަށް އެއްބަސްވެވިފައި، މިވަރުގެ ކާމިޔާބެއްވުމަކީ ﷲ ހަމްދުކޮށް އަޅުގަނދުމެން އެންމެން ފަހުރުވެރިވާ ވަރުގެ ކަމެއް" 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕް އަންނަމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފައިބާނެ ކަމަށާއި އަދި ދެން ތިބި އެންމެން މެއި މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފައިބައިގެން ދާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ވާހަކަ ދައްކައިގެން ކަންތައްތައް ހައްލުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތެވެ. މިއަދު އިންޑިއާ ސިފައިންވެސް ރާއްޖެއިން ބޭލުމުގެ ކަންތައްތައް ވެސް މިހާ އަވަހަށް ކާމިޔާބު ވުމުގެ ސިއްރަކީވެސް މިކަމުގައި ރާއްޖެއިން ޑިމޮކްރެޓިކް އުސޫލު އިސްކުރުމުގެސަބަބުން ކަމަށެވެ.    

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރު ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން ދިޔަ އެއްކަމަކީވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ބޮޑު ވައުދެވެ.

މިކަން ކުރުމަށްޓަކައި މިހާތަނަށް ދެ ޤައުމުގެ އެންމެ މަތީފަންތީގެ ބޭފުޅުންގެ ބައްދަލުވުންތަކެއް ބޭއްވިފައިވާއިރު ދެ ޤައުމުގެ ސަރުކާރުންވެސް މިހާރުވަނީ ރާއްޖޭގައި ޤައިމުވެފައިތިބި އިންޑިއާ ސިފައިން ރާއްޖެއިން ގެންދާނެކަން ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ