ފުވައްމުލައް ސިޓީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުން
ހަބަރު
19 Feb 2024 | 20:13
ފުވައްމުލައް ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފަޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ފުވައްމުލައް ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފަޔަވަހީގެ އަމަލީ މަސައްކަތްތައް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވާފައި މިވަނީ މިހާރު ރާއްޖޭގެ ދެކުނަށް  ކުރައްވަމުން ގެންދަވާ  ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެން އެކަމަށް ހާއްޞަކުރެވިގެން ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އިތުރުން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ފުވައްމުލަކު ސިޓީއަށް ކޮށްދެއްވާނެކަމަށް ވިދާޅުވި މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދެއްވުމުގެ ވަޢުދުގެ ޢަމަލީ މަސައްކަތް މިއަދު ފައްޓަވައި ދެއްވިއިރު މި މަސައްކަތަކީ އެމްޓީސީސީ އާއި ހަވަލުކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

އެމްޓިސީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ފުވައްމުލައް ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފަޔަވަހީގެ މަސައްކަތް ނިމޭއިރު 50 މަގެއް (ގާތްގަޑަކަށް 12.7 މީޓަރ) ގައި ތާރުއެޅި އެންމެ ޒަމާނީ ފެންވަރަށް ހެދިގެން ދާނެއެވެ. މިކަމަށް މުޅި ޖުމުލަ 225 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށްވެސް އެމްޓީސީސީން މަޢުލޫމާތު ދެއްވައެވެ.

މިއަދުގެ ފުވައްމުލައް ސިޓީގައި މި ފެށުނު މަޝްރޫޢުއަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެސޓީގައި ފެށިގެން ދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.

ފުވައްމުލައް ސިޓީ ރައްޔިތުންގެ އެންމެ ބޮޑުއެއް ސަކުވާއަކަށްވެފައި ވަނީ ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންހެދި ދުއްވާ އެއްޗެހި ދުންވުމަށާއި އަދި ހިނގާބިގާވެ އުޅުމުގައި އުނދަގޫތައް ތަހައްމަލުކުރަން ޖެހުމެވެ. އެހެންކަމުން ރިޔާސީ ކެންޕެއިންގެ ތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ ވުވައްމުލަކު ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.