މިރޭގެ ޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް
ހަބަރު
19 Feb 2024 | 22:48
ރާއްޖޭގެ ހުރިހާ ސިޓީއެއް ހުރިހާ މަގެއް ހަދާންނަން: ރައީސް ޑރ.މުއިއްޒު

ރާއްޖޭގެ ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް އެންމެ ޒަމާނީ ފެންވަރަށް މި ސަރުކާރުން ހަދާ ނިންމާނެކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ދެކުނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެން މިރޭ އެސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިއަދު ހަވީރު ފެށުނު ފުވައްމުލައް ސިޓީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ގެ ފެށުމަށް އިޝާރާތް ކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ފެށިގެން މިދިޔައީ ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މަގުމަގުތައް ހެދުމުގެ ބޮޑު ބިޔަ މަޝްރޫޢުގެ ފެށުން ކަމަށެވެ.

"މިއަދު ފެށިގެން މިދިޔައީ ރާއްޖޭގެ ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް އެންމެ ޒަމާނީ ފެންވަރަށް ހަދަން ފެށުމުގެ ރަސްމިޔާތު، ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް އަޅުގަނޑުމެން ނިންމާނަން": 

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މަގުތައް ރަނގަޅު ފެންވަރަކަށް ހެދިއްޖެ ނަމަ އެރަށެއްގެ ރައްޔިތުންނަށް ނުހަނު ގިނަގުނަ ފައިދާތައް ލިބިގެން ދާނެކަމަށާއި، އޭގެ ތެރޭގައި އިޖުތިމާއީ ފައިދާ އާއި އަދި އިޤްތިޞާދީ ފައިދާ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ހަވީރު ފުވައްމުލައް ސިޓިއަށް ވަޑައިގެން އެސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ވަނީ ފައްޓަވައިދެއްވާފައެވެ.

އެމްޓިސީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ފުވައްމުލައް ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފަޔަވަހީގެ މަސައްކަތް ނިމޭއިރު 50 މަގެއް (ގާތްގަޑަކަށް 12.7 މީޓަރ) ގައި ތާރުއެޅި އެންމެ ޒަމާނީ ފެންވަރަށް ހެދިގެން ދާނެއެވެ. އަދި އެމަސައްކަތަށް މުޅި ޖުމުލަ 225 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.