އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަޙީމް އަލީ ސައީދު
ހަބަރު
20 Feb 2024 | 08:23
ކޮންމެ ރައީސަކަށްވެސް އެކަށިގެންވާ އިންސާފުވެރި ވަގުތު ދޭން ޖެހޭ: ޑރ. ޝަޙީމް

ކޮންމެ ރައީސަކަށްވެސް ވެރިކަން ކުރުމަށްޓަކައި އިންސާފުވެރި ވަގުތު ދޭން ޖެހޭ ކަމަށް އިސްލާމީކަންތަންތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަޙީމް ޢަލީ ސައިދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގެން ރޭ އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށްލުމަށް ބޭއްވުނު ޖަލްސާގައި ވާހަކަ ދައްވަމުންނެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި މިވީ 13 ހަފްތާގެ ތެރޭގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ކަމަށާއި، އަދި ކުރިއަށް ރޭވިފައިވާ ކަންތައްތަކަކީ މާފުރިހަމަ މާގިނަ ކަންތައްތަކެއް ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ޤައުމު އޮތީ އިޤްތިޞާދީގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި ކަމަށާއި، އެގޮތުން ރާއްޖެ އޮތީ 120 ބިލިއަން ރުފިޔާއަށް ދަރާފައި ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތައްވެސް އޮތީ ދަރާވިކިފައި ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

"މިކަންކަމުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ހިންމަތާއި، ހިތްވަރާއި ކެތްތެރިކަމާއި އެކުގައި މަސައްކަތް ކުރަމުންދާ ޒުވާން ވަރުހުރި ރައީސްއެއްގެ ވެރިކަން 13 ހަފްތާ ތެރޭގައި ގުޑުވާލަން މަސައްކަތް ކުރަނީ ކީއްވެގެންތޯ ވިސްނާލަން ޖެހޭ،". 

މަޖިލިސްތެރެއިން ރައީސުލްޖުމުހުރިއްޔާ އަޒުލްކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ދިއުމަށް އިޝާރާތް ކުރައްވާ ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މިރޭގެ މިޖަލްސާގައި ވަޒީރު ޝަހީމްވަނީ އެބޭފުޅާގެ ވުޒާރާއިން ރޭވިގެން ހިންގަމުން ގެންދާ ގިނަ މަޝްރޫޢޫތަކެއްގެ، ވަކިން ޚާއްޞަކޮށް ފުވައްމުލައް ސިޓީއަށް މިހާތަނަށް ކޮށްދެވިފައިވާ އަދި ކޮންދިނުމަށް ރާއްވަވާފައިވާ ވަރަށް ގިނަ ކަންތައްތަކެއް ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.