ކޮވިޑް ވެކްސިން ދެނީ-- ފޮޓޯ: ފޯބްސް
ހަބަރު
20 Feb 2024 | 13:46
ކޮވިޑް ވެކްސިނުން ފުރާނައަަށް ނުރައްކާވާ ބަލިތައް ޖެހޭ ކަމަށް ދިރާސާ އަކުން ދައްކައިފި!

ކޮވިޑް-19 ގެ ވެކްސިން ޖަހާފައިވާ މީހުންނަށް ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

8 ގައުމަކުން 99 މިލިއަން މީހުންގެ ޑޭޓާ ބޭނުންކޮށްގެން ކުރި މި ދިރާސާއިން ދައްކާގޮތުގައި ކޮވިޑް-19ގެ އެކި ވެކްސިންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކަމާބެހޭ މާހިރުން ލަފާކުރި ވަރަށް ވުރެ ގިނަ ކަމަށް ގްލޯބަލް ވެކްސިން ޑޭޓާ ނެޓްވޯކް (ޖީވީޑީއެން) ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 12 ވަނަ ދުވަހު މެޑިކަލް ޖާނަލް ވެކްސިންގައި ޝާއިއުކުރި މި ދިރާސާގައި ވަނީ ނިއުރޯލޮޖިކަލް، ލޭ، އަދި ހިތާއި ގުޅުންހުރި 13 ހާލަތަކަށް އަލި އަޅުވާލާފައެވެ. މި ދިރާސާގައި ބައިވެރިވި ބޮޑު އާބާދީގެ ސަބަބުން މަދުން ނޫނީ ނުފެންނަ ވެކްސިން ސޭފްޓީ ސިގްނަލްތައް ދެނެގަތުމުގެ ފުރުސަތު އިތުރުވި ކަމަށް މި ދިރާސާގައި ބޮޑު ރޯލެއް އަދާކޮށްފައިވާ ކްރިސްޓީނާ ފަކްސޯވާ ވަނީ ބުނެފައެވެ.

ޖީވީޑީއެން ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑް ވެކްސިންތަކެއް ކަމަށްވާ ފައިޒަރ/ބަޔޮންޓެކް (ބީއެންޓީ162ބީ2) އަދި މޮޑަރނާ (އެމްއާރްއެންއޭ-1273) ޝޮޓް ނެގި މީހުންގެ ތެރެއިން، ހިތުގެ ބަލިތައް ކަމަށްވާ މަޔޯކާޑިޓިސް އަދި ޕެރިކާޑިޓިސް އަލާމާތްތައް ފެނިފައިވާ ފަރާތްތައް ގިނަކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ.

ދިރާސާއިން ދައްކާގޮތުގައި ކޮވިޑަށް ދިން އަނެއް ވެކްސިން ކަމަށްވާ އެސްޓްރާޒެނެކާގެ ވައިރަލް ވެކްޓަރ ވެކްސިންގެ ތިންވަނަ ޑޯޒް ދިން މީހުންނަށް ޕެރިކާޑިޓިސް ބަލި ޖެހުމުގެ ރިސްކް 6.9 ގުނަ އިތުރެވެ. އަދި މި ވެކްސިން ދިން މީހުންގެ ތެރޭގައި މަދުން ނޫނީ ނުފެންނަ ނާރުގެ ބައްޔެއް ކަމަށްވާ އޮޓޯއިމިއުން ޑިސްއޯޑާ ގިލެން-ބާރޭ ސިންޑްރޯމް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، މި ވެކްސިންގެ ސަބަބުން ލޭ ހޮޅި ބެދުމުގެ ފުރުސަތު ވެސް އޮތް ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

މީގެ އިތުރުންވެސް ކޮވިޑް 19 އިން ރައްކާތެރިވުމަށް ދިން މޮޑަރނާގެ ވެކްސިންގެ ސަބަބުން ނާރުގެ ބައްޔެއް ކަމަށްވާ އެކިއުޓް ޑިސެމިނޭޓެޑް އެންސެފަލޯމައިލައިޓިސް (އޭޑީއީއެމް) ގެ އަލާމާތްތައް ފެނިފައިވާ ފަރާތްތަކުގެ ނިސްބަތް މަތިވެފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޝޮޓް ދިންތާ 42 ދުވަހުގެ ތެރޭގައި އޭޑީއީއެމް ގެ ދެ ކޭސް އެއް ފެނިފައިވާ ކަމަށް މި ދިރާސާއިން ދައްކައެވެ. އަދި މޮޑެނާގެ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ހަތަރުވަނަ ޑޯޒް ދިން މީހުންނަށް ވެސް ޕެރިކާޑިޓިސް ޖެހުމުގެ ރިސްކް އިތުރެވެ.

ދިރާސާ އިން މިފަދައިން ދައްކާފައިވާއިރު ދުނިޔޭގެ 71 އިންސައްތަ މީހުން ވަނީ އެންމެ މަދުވެގެން ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައެވެ. މި ދިރާސާއިން މި ބަލިތައް ޖެހުމުގެ ފުރުސަތު އޮތް ކަމަށް ދެއްކި ނަމަވެސް ކޮވިޑް 19 ގެ ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. 

ކޮވިޑް ވެކްސިންތައް ކަމަށްވާ މޮޑެނާ، ފައިޒަރ-ބަޔޮންޓެކް އަދި އެސްޓްރާޒެނެކާގެ ވެކްސިންތަކަކީ ބޮޑެތި އިންފެކްޝަންތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިންތަކެއް ތަކެއް ކަމަށާއި، ކޮންމެ ވެކްސިނެއްގައި ވެސް އޭގެ ދެ ފުށް އޮންނާނެ ކަން ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.