ރައީސް ޑރ. މުހައްމަދު މުޢިއްޒު--ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Feb 2024 | 23:06
ތިނަދޫ ސިޓީގެ އެއާޕޯޓުގެ މަސައްކަތް 2 އަހަރުތެރޭ ނިންމާނަން: ރައީސް ޑރ މުޢިއްޒު

ގދ. ތިނަދޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއާރޕޯޓްގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ނިންމާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ދެކުނުގެ 4 އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ގދ.އަތޮޅު ތިނަދޫ ސިޓީއަށް ވަޑައިގެން މިރޭ ތިނަދޫގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ މި ހާއްސަ ޖަލްސާގައި ތިނަދޫ ސިޓީގައި އިންޓަރނޭޝަނަލް އެއާރޕޯރޓެއް އެޅުމަށް ކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ އެއާއރޕޯޓްވެގެންދާނީ މުޅި ދުނިޔޭގައިވެސް އެޅިގެންދާނެ އެންމެ ރީތިއެއް އެއާރޕޯޓުކަމުގައެވެ.

" އެއާޕޯޓްވެގެން ދާނީ ، ދެންމެ މިނިސްޓަރ މުއްޠަލިބު ވިދާޅުވި ފަދައިން މުޅި ދުނިޔޭގައިވެސް އޭގެ ރީތިކަން ފާހަގަކުރެވޭ ، ވަރަށް ލޭންޑުމާކު ޑިޒައިނެއް އޭގައި ހިމެނޭ ،އެ އެއާރޕޯޓްގެ ޓާމިނަލަކީ ފެނުގެ މަތިގައި ޤައިމުކުރެވޭ އޯވަރ ވޯޓާރ ތާމިނަލެއް ޤާއިމްކުރުމަށް ޑެވެލޮޕާހުށަހަޅާފައި އެވަނީ" ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެއާރޕޯޓްގެ އަމަލީ މަސައްކަތް ފެށުމުގެ ކަންތައްތައް މަދުހަފްތާއެއްގެ ތެރޭގައި ނިންމާ އުންމީދަކީ އަދި ޓާގެޓަކީ ގިނަވެގެން 2 އަހަރުތެރޭ މުޅި އެއާރޕޯޓުގެ މަޝްޜޫޢު އެއްކޮށް ނިންމާލުން ކަމަށެވެ.

މި އެއާޕޯޓް ނިމިގެން ދާއިރު  މި މަޝްރޫއާއެކު ވަރަށް ގިނަ އެނދުތަކާއި ރިސޯޓްތަކެއް އަންނާނެ ކަމަށާއި، އެގޮތުން މި ކޮންޓްރެކްޓަރ އެކަނި 12 ރިސޯޓެއް ތަރައްގީ ކުރަން ހުށަހަޅާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެރއްވިއެވެ. އެއާއި އެކު ގިނަ އަދަދެއްގެ ވަޒީފާވެސް އުފެދިގެން ދާނެކަމަށް ރައީސް ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.