ނިމިދިޔަ ސަރުކާރުގެ މާލީ ވަޒީރު އަމީރު
ހަބަރު
21 Feb 2024 | 17:41
ވޭތުވެދިޔަ އަހަރު ދައުލަތުގެ ބޭރުގެ ދަރަންޏަކީ 51.1 ބިލިއަން: އަމީރު

ވޭތުވެދިޔަ 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމުލަ އަދަދަކީ 51.1 ބިލިއަން ރުފިޔާ ކަމަށް ނިމިދިޔަ ސަރުކާރުގެ މާލީވަޒީރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވެފައިވަނީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ނިމިދިޔަ ސަރުކާރުގެ މާލީވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ބޭރުގެ ދަރަނީގެ 51 ބިލއަން އަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދަޢުލަތުން ސޮވްރިންގ ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ އަދަދު ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރ މިފަދައިން އެކްސް ޕޮސްޓެއް ކުރައްވާފައިވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނަމުން ދަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ދަޢުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލަ 120 ބިލިއަން ރުފިޔާއަށް އަރާކަމަށައި، އެކަމާއި ހުރެ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްވެސް ދަތި ތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެކަމަށް އިޝާރާތްކޮށް އަމީރުގެ ޕޯސްޓުގައި ބުނެފައި ވަނީ ސަރުކާރުތައް ބަދަލުވިޔަސް މި ޤައުމު ނުހުއްޓި ކުރިޔަށް ދާނެކަމަށާއި، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލް ޕޭ ކުރަން ޖެހިފައި ހުރި ކަމަށެވެ.

އަމީރު މިފަދައިން ވިދާޅުވި އިރު މި ސަރުކާރުގެ އެކި އެކި ވުޒާރާތަކުން ގެންދަނީ ނިމިދިޔަ ސަރުކާރުން އަމިއްލަ ކުންފުނިތައް ލައްވާ ސަރުކާރުގެ މަސައްކަތްތައް ކުރުވާފައި އެފަރާތްތަކަށް ދޭން ޖެހިފައިވާ އެތައް ބައިވަރު ރުފިޔާއެއް ހުރިކަމަށް ބުނަމުންނެވެ. މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ރައީސް ޞާލިޙްގެ ސަރުކާރު ނިމުނު އިރު ކުންފުނިތަކަށް އެކަނި ދައުލަތުން ދައްކަން ޖެހޭ ފައިސާގެ އަދަދު 9 ބިލއަނަށް އަރާ ކަމަށެވެ.

މި ސަރުކާރުން ދައްކަވާ މިފަދަ ވާހަކަތަކަށްވެސް އަމީރުގެ ޕޯސްޓުގައި ވަނީ ރައްދު ދެއްވާފައެވެ.

"އަޅުގަނޑުމެން އޭރު ކޮންމެ މިނިސްޓްރީއަކުން އެ ވާހަކަ ދައްކާ ނަހަދަން. ތިޔަށްވުރެ ޒިންމާދާރުވާންޖެހޭ." 

ކުރީގެ މާލީ ވަޒީރުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އަމީރު މިފަދައިން ވިދާޅުވެފައިވާ އިރު ދާދިފަހުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ނިމިދިޔަ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތު ބަދަލުކުރަން އޭރު އެންގިފައިވާނެ ކަމަށާއި އަދި މި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ތާއިދު ކުރާކަން ހާމަކުރައްވާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.