ނަފްސާނީ ބަލިތަކަށް ހާއްސަ ޤައުމީ ހެލްޕް ލައިން އިފުތިތާޙް ކުރުމުގެ ތެރެއިން / ފޮޓޯ:ހެލްތު މިނިސްޓްރީ
ހަބަރު
21 Feb 2024 | 17:22
ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ޚާއްޞަ ޤައުމީ ހެލްޕްލައިން އިފްތިތާޙްކޮށްފި

ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ޚާއްޞަ ޤައުމީ ހެލްޕްލައިން އިފްތިތާޙްކޮށްފިއެވެ.

މި ހެލްޕުލައިން އިފްތިތާޙްކޮށްދެއްވާފައި ވަނި މިކަމަށް ޚާއްޞަކޮށްގެން މިއަދު ސިއްހަތާއިބެހޭ ވުޒާރާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިއުއެވެ.

ނަފުސާނީބަލި ތަހައްމަލުކުރާ ފަރާތްތަކަށް ޚާއްޞަ ޤައުމީ ހެލްޕްލައިންއަށް ގުޅޭނެ ނަމްބަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1677 އެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިއު ވާހަކަ ދައްކަވަމުން ވިދާޅުވީ، ނަފްސާނީ ބަލިތަކަށް އަވަހަށް ފަރުވާލިބިގެން ދިއުމަކީ އެފަދަ ބަލިތަކުން އަރައިގަތުމަށް ލިބެގެންދާނެ ވަރަށް ބޮޑުފުރުޞަތެއް ކަމަށާއި، ޖިސްމާނީގޮތުން ބަލިވުމުން ފަރުވާދޭ ފަދައިން ނަފުސާނީ ގޮތުން ބަލިވުމުންވެސް ފަރުވާދޭން ޖެހޭ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިއަދު މި އިފްތިތާޙްކުރެވުނު ހެލްޕް ލައިންގެ ސަބަބުން ނަފްސާނީ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަމަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސިއްހަތާއި ބެހޭ ވަޒީރު ހަލީލު ވިދާޅުވީ މިއަދު މި އިފްތިތާޙް ކުރެވުނު ހެލްޕްލައިންގެ އެހީގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ ކޮންމެ މީހަކަށްވެސް މި ހެލްޕް ލައިން މެދުވެރިކޮށް ފަރުވާ ހޯދުމުގެ ފުރުޞަތު 24 ގަޑިއިރަށް ހުޅުވާލެވިފައިވާ ކަމަށާއި މި ނަމްބަރަކީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންގެންދާ ފަރާތްތަކުގެ އެންމެގާތް އެންމެ އިތުބާރު ކުރެވޭ ނަމްބަރަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަފްސާނީ ބަލިމީހުންނަށް ހާއްޞަކޮށްގެން ވަކިން ހެލްޕްލައިނެއް މިއަދު އިފްތިތާހް ކުރެވިގެން ދިޔައިރު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިސަރުކާރުން ނަފްސާނީ ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން މިއަދު އިފްތިތާޙް ކުރެވިގެން މިދިޔަ ހެލްޕް ލައިނަކީވެސް އެމަނިކުފާނުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.