ރައީސުލްޖުމުހޫރިއްޔާ ކޮނޑޭ ކައުންސިލާއި ބައްދަލުކުރެއްވުން
ހަބަރު
22 Feb 2024 | 09:03
ކޮނޑޭ ރައްޔިތުން އެދުނީ ބަނދަރު ބޮޑު ބޮޑުކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް

ގއ. ކޮނޑޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއި ހިއްސާ ކުރައްވައިފިއެވެ. 

ގއ. ކޮނޑޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގއ. ކޮނޑޭ ކައުންސިލާ އ.ތ.މ ކޮމިޓީގެ މެމްބަރުން ފާހަގަކުރައްވައިފައިވަނީ  ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮނޑޭ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކޮށްލެއްވި ބައްދަލުކޮށްލެއްވުމުގައެވެ.

ގއ. ކޮނޑޭ ކައުންސިލުގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު އިތުރަށް ބޮޑުކުރަން ބޭނުންވާކަމަށާއި ބޯހިޔާވަހިކަމަށް ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަން ހިމެނެއެވެ.

އޭގެ އިތުރުންވެސް ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝާން އިމާރާތުގެ މަސައްކަތް ކުރިޔަށްގެންގޮސް ކުދި ޓެސްޓްތައް ހެދޭވަރަށް ލެބޯޓްރީގެ ޚިދުމަތް ތަރައްޤީކުރުމާއި ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ކަރަންޓް ވިއުގަ ރަނގަޅުކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ފެނާ ނަރުދަމާ ނިޒާމުގެ މަޝްރޫއަށް ގެންނަން އެދޭ ބަދަލުތައްވެސް ވަނީ ކައުންސިލުން ފާހަގަ ކުރައްވާފައެވެ.

ކައުންސިލްގެ ހުށަހެޅުންވުންތަކަށް ފަހު ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މިބައްދަލު ކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަ ކުރެއްވި ކަންތައްތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ސަމާލުކަންދެއްވައިގެން ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.