ވިލިނގިލީ ފަޅުތެރޭގައި ހަދާ އެއާޕޯޓުގެ ކުރެހުމެއް
ހަބަރު
22 Feb 2024 | 10:37
ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅައި 17 ރިސޯޓް ތަރައްގީކުރަން ބުރުޖް ޚަލީފާ އެޅި ކުންފުންޏަށް!

ގއ. ވިލިނގިލީ ފަޅު ތެރޭގައި ބައިނަލްއަގްވާމީ އެއާޕޯޓްއަކާއި 17 ރިސޯޓް ހަދަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބުރުޖް ހަލީފާ އެޅި ކުންފުންޏާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިލިގިއްޔަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު  އަބްދުالله މުއްޠަލިބެވެ.

މި މަޝްރޫއުގެ ހިންގަން ހަވާލުކުރީ ދުބާއީގެ ބްރުޖުހަލީފާ ހެދި ބެލްޖިއަމްގެ ބީސިކްސް ގްރޫޕާ އެވެ. ބީ6 ކުންފުންޏަކީ ދުނިޔޭގެ 44 ވަނަ އަށް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން މިދިޔަ އަހަރު ފައިދާގެ ގޮތުގައި ވެސް 300 މިލިއަން ޑޮލަރު ހޯދާފައިވެއެވެ.

ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. 

މި މަޝްރޫއުގެ ދަަށުން ގއ. ވިލިނގިއްޔާއި މި އެއާޕޯޓް އަޅާ ރަށް ކޯޒްވޭއަކުން ގުޅާލާނެ އެވެ. އެ ކޯޒްވޭގެ ދިގު މިނުގައި 17 ކިލޯމީޓަރު ހުންނާނެ އެވެ. މި ރަށުގައި ހަދާ އެއާޕޯޓަކީ އެންމެ ޒަމާނީ ހުރިހާ ވަސީލްތަކެއް ހުރި އިންޓަނޭޝަނަލް އެއާޕޯޓަކަށްވާނެ ކަމަށް ސަރުކާރުން ބުނެއެވެ. 

މި މަޝްރޫއުގެ ދަށުން ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ޕްރައިވެޓް އައިލެންޑާއި ބޮޑު ނުވަ ރިސޯޓެވެ. މި މަޝްރޫއާއެކު ހުވަދޫގެ އެނދުގެ އަދަދު 5،000 އަށް އިތުރު ވެގެންދާނެ އެވެ. 

ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެސިޑެންޓް އޮން ޓްރޭޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ ވިލިނގިލީ އެއާޕޯޓަކީ މި ސަރަހައްދު ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ހަވާލު ކުރައްވާ މަސައްކަތް ކުރައްވަން ނުކުންނަވަނީ ދުނިޔޭގެ ކުންފުނި ތަކުގެ ތެރެއިން އެ މަޝްރޫއު އެއް ހިންގޭނެ މީހުން ހޯދައިގެން އެމީހުން ގޮވައިގެން ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.

ކޮމެންޓް
ާއަހްމަދު
ތިކަމާ ވަރަށް ބޮޑަށް އުފާކުރަން. އެކަކު ޔާމީނު ގައިދުގައި ބައިންދައިގެން ހިތްހަމަނުޖެހޭ ވ ދެރަ
22 Feb 2024
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.