ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ހުވަދޫ މަސްވެރިންނާ ބައްދަލުކުރައްވަނީ
ހަބަރު
22 Feb 2024 | 10:37
އިހްތިޖާޖްކުރާ ހުވަދޫ މަސްވެރިންނަށް އޮތް ފިލާވަޅެއް!

ރައީސް މައުމޫން ރާއްޖޭގައި ކުރަމުން އައި ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީން މުޅި ރާއްޖޭގައި އުފައްދައި ފަތުރަމުންދިޔަ ރައްޔިތުން މައުމޫނާއި އިދިކޮޅު ވެގަތުމުގެ ރޫހް ރާއްޖެތެރޭގައި އެހެން ލެވެލަކަށް ގެންގޮސްދިނީ ހއ ދިއްދޫ ރައްޔިތުންނެވެ. 
މާލޭގައި ރައީސް މައުމޫނާއި ދެކޮޅަށް އެމްޑީޕީން މުޒާހަރާކުރަމުން ގެންދަނިކޮށް އެއްދުވަހެއްގައި މާލެ ސިއްސުވައިލި ޚަބަރަކީ ދިއްދޫރައްޔިތުން ގަދައަށް މަސްބާނައިގެން އައިސް އަތޮޅުވެރިޔާ ހުންނެވި އަތޮޅު އޮފީސް ކުރިމައްޗަށް އެމީހުން މަސްތައް އަޅައިލި ވާހަކައެވެ. އެޚަބަރު އިވުމާއެކު އެމްޑީޕީގެ ލީޑަރ ޝިޕުން އިބްރާހީމް ހުސައިން ޒަކީމެންފަދަ ބޭފުޅުން ދިއްދުއަށް ވަޑައިގެން ދިއްދޫ މަސްވެރިންގެ ހިތްވަރުގަދަ އަމަލަށް ވަރަށް ތާރީފުކޮށް މަރްހަބާ ކިޔައި ހެދިއެވެ. 
އޭގެ ދުވަސްކޮޅެއްފަހުން ދިއްދޫގެ މަސްވެރިކަން ދަށްވަމުން ދަށްވަމުންގޮސް މިހާރު އެއީ މަސްވެރި ރަށެކޭ ބުނާ ބަޔަކުވެސް އުޅޭނެހެންނެއް ހިޔެއް ނުވެއެވެ. މީހުން ކިޔާގޮތުން ﷲ ދެއްވި ރޯއްޖަށް ފުރަގަސްދީ އުކައިލުމުން އެކަމުގެ ސުންޕާކަން އެހިސާބުގަނޑުގެ މަސްވެރިކަމަށް ޖެހުނީއެވެ. އުތުރުގައި މަސްގަތުމަށް ޤާސިމް އިބްރާހީމް އުފެއްދި މުޅި މިސަރަހައްދުގައިވެސް އެންމެ ފެންވަރު މަތީ މަސްފެކްޓްރީއަށް ގަންނާނެ މަސްކޮޅެއް ނުލިބި ތަޅުއެޅުވި ގޮތަށް އެފެކްޓްރީ އަދިވެސް ހުރީ ބަންދުކޮށްފައެވެ. އަނެއް ބަޔަކު ބުނަނީ މައުމޫން ވައްޓައިލާން ދިއްދޫމީހުން ރޯއްޖަށް ފުރަގަސްދިނުމުން މައުމޫން ވެއްޓިގެންދިޔައިރު ދިއްދޫގެ މަސްވެރިކަން ވެސް ވެއްޓުނީއެވެ. އެއީ ކަރާމަތެކެވެ.

މާކުރީގައިވެސް މިބާވަތުގެ ކަންކަން ހިގާފައި ހުރެއެވެ.

މާލެއާއި ކައިރީގައި އޮތް ވިލިގިއްޔަކީ ކުރީޒަމާނުގައި މީހުން ދިރިއުޅުނު ރަށެކެވެ. އެރަށު މަސްވެރިން އެއްދުވަހަކު ކަނޑުވެފއި އޮތް ރާއްޖޭގެ ކޮންމެވެސް ރަސްކަލަކު ސަލާމަތަށް އެދި އާދޭސްކުރުމުން އަޅައިނުލައި ދިއުމުން އެރަސްގެފާނުގެ ކަރާމަތުން ވިލިގިލީގެ މަސްވެރިކަމަށް ސުންޕާކަމެއް ޖެހި އޭގެފަހުން އެރަށަށް މަސްނުބާނައި އޮއްވައި ރަށްފަޅުކުރީއެވެ. މިހިރީ މިހިރީ އެވޭލާ ޒަމާނާއި މިޒާމާނުގެ ވާހަކަތަކެވެ.

ފިޝަރީޒް މިނިސްޓަރ ކޫއްޑޫ ހިސާރުކޮށްގެންތިބި ހުވަދުއަތޮޅު މަސްވެރިންނާއި ބައްދަލުކުރައްވާފައި ވިދާޅުވާން ކެރިވަޑައިނުގަތަސް ވޮއިސްއަށް އެގިފައިވާގޮތުގައި ނަގާކިޔަންތިބި ބައެއް އުޅަނދުތަކަކީ އެމްޑީޕީގެ ފިކުރުގައި ހަރަކާތްތެރިވާ މަސްވެރިންނެވެ. އެމްޑީޕީއަކީ ކަނޑުމައްޗަށް ނުހަނު ފަރިތަބައެކެވެ. އަބްދުﷲ ޔާމީންގެ ރައީސްކަމުގައި ސައޫދީއަރަބިއްޔާގެ ސަލްމާން ރަސްގެފާނު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅެއް ހުއްޓުވައިލީ އެމްޑީޕީގެ ހިއްވަރުގަދަ ފަހުލަވާނުން ހުޅުލެއާއިދިމާއިން އޮޑިއޮޑިފަހަރުގައި ކަނޑުމައްޗަށް ނުކުމެ ކުރި މުޒާހަރާއިންނެވެ. އެއީ ފ އަތޮޅު ގަތުމަށް ވަޑައިގަންނަވާ ދަތުރުފުޅެއް ކަމަށް އަޑުފެތުރުނެވެ. ކަނޑުމަތީގެ މުޒާހަރާއިން ރަސްގެފާނު ބިރުފުޅުން ރޯގާ އާލާސްކަންފުޅެއް ޖެހިވަޑައިގެންކަމަށް ވިދާޅުވެ ރާއްޖެއާއި ކައިރިނުވެ އަނބުރައި ވަޑައިގެންނެވީއެވެ. އޭގެފަހަކުން ސައޫދީ ވެރިޔަކު ރާއްޖެއަށް އަދި ވަޑައިނުގަންނަވައެވެ. ފ އަތޮޅާއިބެހޭގޮތުން ފެތުރި ޚަބަރުތަކުގެ ހިރަފުސްއޮބި ހަމަހިމޭންވިއިރު އެއަތޮޅުގެ ރައްޔިތުންނަށްވީ ސުންޕާ ޚަބަރަކަށެވެ. އެއަތޮޅަށް އަންނަން އޮތް ތަރައްގީގެ ނުހަނުބިޔަ ބޮޑު މަޝްރޫއެއް ގެއްލިގެންދިޔަގޮތުގެ މައްޗަށް މިއަދުވެސް އެއަތޮޅު ރައްޔިތުން ހިތާމަކުރެއެވެ. އެއީ އިއްޔެއެވެ. ރާއްޖޭގައި ހިންގަން އުޅުނު ބޮޑު މަޝްރޫއު ސައޫދީ އަރަބިއްޔާގެ ރަތްކަނޑުގައި އޮތް ކުޑަރަށެއްގައި އެއޮތް ހަދައި ނިމެނީއެވެ. ދުނިޔޭގައި އެވަރުގެ ތަނެއް ނޯންނާނެކަމަށް ޚަބަރުތަކުގައި ލިޔެފައި ހުރެއެވެ.

ދައުލަތުގެ ދަރަނި ބިލްތައް އެހެރީ ގޯނިގޯންޏަށް

ރާއްޖޭގައި ޒަމާނުއްސުރެ މަސްވެރިކަމަށް އެންމެ ތަނަވަސް ސރަހައްދަކީ ހުވަދުއަތޮޅެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީން ތައްޔާރުވާން ފެށުމާއެކު ހުވަދުއަތޮޅު މަސްވެރިން އެތިބީ މުޒާހަރާއަށް ނުކުމެއެވެ. ދިއްދޫ މަސްވެރިން ފަދައިންނެވެ. ހުވަދޫ މަސްވެރިން އެތިބީ ރާއްޖޭގެ ހުރި އެންމެ ބޮޑު މަސްފެކްޓްރީ ބަންދުކޮށްގެންނެވެ. މަސްވެރި ލަވައެއްގައި ކިޔާގޮތަށް ބޭނި މަސްކޮޅުދީ ކިރާލައި ވަގުތުން ފައިސާ ނުދީގެންނެވެ. އެމީހުންގެ ބިލްތަކަށް ސަރުކާރުން ފައިސާނުދީ އެހެން ބަޔަކަށް އެފެކްޓްރީއަށް މަސްކިރުވިޔަ ނުދޭން އެތާ ތިބެގެން ހުވައިކުރެތެވެ. މިހިނދު އަސްލު މަސްވެރިންނަށް މިހާލު ޖެއްސި މީހުން މަސްވެރިންގެހައްގުގައި މިއަދު ވަކާލާތުކުރާތަން ފެނުނީމާ ދެން ބުނާނީވެސް ކީކޭހެއްޔެވެ.

މިއީ އަކީ އަލަށް މަސްވެރިންނަށް ޖެހިގެން އުޅޭ ކަމެއްވެސް ނޫނެވެ. މަސްވެރިންގެ މަސްގަނެފައި ލާރީގެ ބަދަލުގައި ބިލްކޮޅެއްދޭތާ ފަސް އަހަރަށްވުރެ ގިނަވެއްޖެއެވެ. ވެރިކަން ބަދަލުވުމުން މިހާރުދެން ކެތްތެރިކަން ކޮޅުންލައިގެން ދިޔައީކަމަށް ވެއެވެ. އެކަމަކު އާ ރައީސް އެވިދާޅުވީވެސް އެއްޗެކެވެ. ދައުލަތުގައި ނެތްފައިސާއެއް ދޭނީވަކި ކޮންތާކުންހެއްޔެވެ. ދެން އެހެންވެއްޖިއްޔާ ދައުލަތުގެ 30 ބިލިޔަން ރުފިޔާގެ ބަޖެޓް އެވަންނަނީ ކޮންތާކަށްހެއްޔެވެ.

ހުވަދުއަތޮޅުން މުޒާހަރާއަށް ނުކުމެ ތިބި މަސްވެރިން ހީކުރަނީ ދައުލަތުން ލާރި ނުދީގެން އުޅެނީ ހަމައެކަނި މަސްވެރިންނަށް އެކަނި ކަމަށެވެ. ލޯން ޑިފޯލްޓްވެގެން ބަގްރޫޓްވަނީ މަސްވެރިން އެކަނި ކަމަށެވެ. އެކަމަކު ވޭތުވެދިޔަ ސަރުކާރު ފައިބައިގެންދިޔައިރު މިފްކޯ އެކަންޏެއްނޫނެވެ. އެކިކުންފުނިތައް ލައްވައި ސަރުކާރުން މަސައްކަތް ކުރުވާފައި ފައިސާ ނުދައްކައި ހުރި ބިލްތައް ގޯނިގޯނީގައި ބަސްތާ ބަސްތާއަށް ފިނޭންސް މިނިސްޓްރީގައި ޖެހޭހާ ބިލްތައް ގިނައެވެ. ފެނަކައިން މަސައްކަތްކުރުވި އެތައް ކުންފުންޏެއް ބަގްރޫޓްވެއްޖެއެވެ. ރޯޑްކޯޕަރޭޝަނެއް އެހެން ކުންފުންޏެއް ކިޔާނެ ކަމެއް ނެތެވެ. ނުދަރައި އޮތް ކުންފުންޏެއް ނެތެވެ. 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ފައިބައިގެންދިޔަ އިރު ހުރިވަރަށް ފައިސާނުދައްކާ ބިލްތައް އެބަހުއްޓެވެ. ބޭރުގެ ދަރަނި 120 ބިލިޔަނަށް އަރުވާފައި ވެއެވެ. އާ ސަރުކާރަށް ޖެހުނީ އެންމެފުރަތަމައިނުންވެސް އިންޑިއާއަށް ދިވެހިރާއްޖެ ދަރުވާލާފައި އޮތް ބޮޑު ދަރަނި ޚަލާސްކުރެވޭތޯ ބެލުމެވެ. މިއީ ވަހީދު ވެރިކަމުގައިވެސް ހަމަޖެހުނުތަނެވެ.

މިދަނޑިވަޅުގައި ހިލުވައިލުމެއް ހުލުވައިލަފިއްޔާ ކުރިއަށް އޮތް އިންތިޚާބުގައި ގެއްލުންވާނެތީ ސަރުކާރަށް މަޖްބޫރުވާނީ ނުފޯރާފޮތުން ފޫގަޅައިގެންވިޔަސް ނޫނީ އުއްޗު އަތްޕުޅުން ދަރަންޏަށް ނަގައިގެންވިޔަސް މަސްވެރިންގެ ދަރަނި އަދާކުރަންކަން މަސްވެރިންނަށް އެނގެއެވެ. މިކަންކުރާގޮތުންނާއި ގެންގުޅޭ ހުތުރުބަހުރުވައިން މިއީ ދިއްދޫ މަސްވެރިންނަށް ޖެހުނުފަދަ ކަމެއް ޖެހިގެން އުޅެނީހެންވެސް ހީވެއެވެ.

ސަރުކާރުން މިހާރު ކުރަންވީ ކަމަކީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވިގޮތަށް މަސްވެރިން އަމިއްލައަށް އުޅެން ދޫކޮށްލުމެވެ. މާސިންގާ ކަނޑުއޮތީއެވެ. މަސްވެރިން މަހަށް ނުކުމެ ބާނަންޏާ ބާނައިގެން ވިއްކަންޏާ ގަންނަންތިބި ބަޔަކަށް ވިއްކައިގެން އެކްސްޕޯޓްކުރާބަޔަކު ތިބިއްޔާ އެކްސްޕޯޓްކޮށްގެން އުޅެފާނެނޫންހެއްޔެވެ. އެކަމަކު އެކަންވެސް ކުރާނީ ކިހިނެތްހެއްޔެވެ. ވެރިކަމުން ފައިބައިގެން ދިޔައިރު މަސްވެރިންނަށް ހަމަ އަގުދިނުމުގެ ނަމުގައި ކިލޯއެއް 25 ރުފިޔާއަށް ޖެއްސި ޖެއްސީނުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައް އެއޮތީ ބަގްރޫޓްކޮށްފައެވެ.

ކޮމެންޓް
ސ.
ތީހަމަ ވަރަށްބޮޑު ތެދެއް. ވެރިކަން ނުލިބޭނެކަން އެނގުމުން މުޅިރާއްޖެ ހަލާކުކޮށްލީ އެމް.ޑީ.ޕީ ސަރުކާރުން.
22 Feb 2024
ޢަލީ
ވަރަށްރަނގަޅުވާހަކަކޮޅެއް، ދެރައީ ޢިބުރަތް ޙާސިލުނުކުރާކަމެވެ. ކުރާނީމަލާމާތެވެ. އަހަރެމެންނަށް ވެފަ މިތިބަގޮތެއް ނޭނގުނެވެ.އިސްލާމް ޤައުމެއްގެ ރައްޔިތުންގެކިބައިން މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
22 Feb 2024
އާދު
އެމްޑީޕީ އަކީ ރާއްޖޭގެ ހަލާކުކަން އެނގޭއިރުވެސް އަމިއްއެދުމުގަ ސުކޭމް ކޯލްތަކުގަ ޖެހޭހެން ބައެއް ދިވެހިން ޖެހޭތީ ހިތާމަކުރަން
22 Feb 2024
މޑޕ
ފުލޯކް ވާހަކަ ތަކާއި ހިޔާލީ ވާހަކަ. ރާއްޖެ ގެ ފައިސާ މެނޭޖް ކުރަނަ ނޭގިގެން މަސްވެރިންނަށް ފައިސާނުދެވެނީ. ސިވިލަސާވިސް މުވައްޒަފުންނައް އަންނަ މަހު މުސާރަ ދޭން މިޖެހެނީ ސަލާން ޖަހައިގެން.
22 Feb 2024
ތަކަނޭ
ހާދަ ިކުރާމް ސޯގެ ލިޔުމަކާ ވައްތަރެވެ. ވޮއިސަކީ ސަރުކާރުގެ ތައްޕާހުން ސަރުކާރުން ދޭއެއްޗަކުން ދިރިއުޅޭ ބައެކެވެ. ޝައްކެވެސް ނެތެވެ. މި ލިއުން މިގޮތަށް ޝައިރުކުރަން ޖެހޭނއެވެ. މި ކޮމެންޓް ޝައިރުކޮއްފިޔާ ރަނގަޅެވެ.
22 Feb 2024
ހަނު
ވޮއިއްސަށް އެނގޭތަ! ރައީސް އިބޫ ވެރިކަމާ ޙަވާލުވިއިރު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 800 މިލިއަން ރުފިޔާ އޮތްކަން. އެފައިސާ މަސްވެރިންނަށް ދިނީ އިބޫގެ ވެރިކަމުގައި.
22 Feb 2024
ގުޅޭ ލިޔުންތައް
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.