ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެސިޑެންޓް އޮން ޓްރޭޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް
ހަބަރު
22 Feb 2024 | 12:42
ރައީސް މުޢިއްޒަށް ދިމާވެފައި އޮތްވަރުގެ، އިގްތިޞާދީ ދަތި ޗެލެންޖެއް އެހެން ރައީސަކަށް ދިމައެއް ނުވޭ: ޖަނާހު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ ރާއްޖޭގެ އެހެން އެއްވެސް ރައީސަކަށް އިގްތިޞާދީ ގޮތުން ކުރިމަތިލައްވަން ނުޖެހޭ ވަރުގެ ބޮޑު ގޮންޖެހުމަކާއި ކަމަށް ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެސިޑެންޓް އޮން ޓްރޭޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގއ ވިލިގިނލި އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަނާހު ވަނީ އިގްތިސާދީ ގޮތުން ރައީސް މުޢިއްޒަށް ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. 

އަޅުގަނޑު އިކޮނަމިކް އޭންގަލް އަކުން ދަންޏާ، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ދިމާވެފައި އޮތްވަރުގެ އުނދަގޫ ދަތި ޗެލެންޖެއް، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކަށް ދިމައެއް ނުވޭ. އެކަމު ދަންނަވަންތޯ؟ އަޅުގަނޑުމެން މި ތިބީ އެ ޗެލެންޖާ ކުރިމަތިލާން ރައީސް އާއެކު. މި ޗެލެންޖް ކާމިޔާބު ކުރާނަން އިނގޭތޯ.

މުހައްމަދު އަލީ ޖަނާހް

މިއާއެކު ޖަނާހު ވިދާޅުވީ، 1990ގެ އަހަރު ތަކުންފެށިގެން، ރާއްޖޭގެ އިގްތިސާދު މެނޭޖު ކުރަމުން އަންނަނީ އެކަން ކުރަންވީ ގޮތަކަށް ނޫން ކަމަށެވެ.

ތަފާތު އެކިއެކި ގޮތްގޮތަށް. އެއިރަކު އެ ހުންނަވާ ވެރިއަކު ބޭނުންފުޅުވާ ގޮތަކަށް، ކިތަންމެ އިކޮނަމިސްޓުންނެއް ކިތަންމެ ލަފައެއް ދިނަސް، އެ ލަފާއާއި ޚިލާފަށް. ވެރިކަން ދެމެހެއްޓުމަށް އެކުރަންޖެހޭ ކަމެއް ކުރަމުން. ސަބްސިޑީ ދެމުން. ތަފާތު ކުންފުނިތައް އުފައްދަމުން އައިސް މިއަދު މިއޮތީ، އޭގެ ބުރަދަނުގައި، ގައުމަކަށް ހިފޭ ވަރަށްވުރެ މާ ބުރަ ބޮޑު ހާލަތެއްގައި. އެކަމާއި ކުރިމަތި ލައްވަން ރައީސުލްޖުމުހޫރިއްޔާ ގެންނެވީ ވަރަށް ރަނގަޅު ޓީމެއް.

މުހައްމަދު އަލީ ޖަނާހް

ޖަނާހު އިތުރަށް ވިދާޅުވީ, ރައީސުލްޖުމުހޫރިއްޔާ ބޭނުންފުޅުވަނީ ރާއްޖެ އެހެން ގައުމުތަކަށް އަޅުވެތި ނުވެ، އެހެން ގައުމަކަށް ބުރަ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރައްވަން ކަމަށާ، ދިވެހިންގެ އިގްތިޞާދު ދިވެހިންގެ އަތްމަތީގައި އޮންނަން ކަމަށެވެ.

ދިވެހިރާއްޖެއަކީ އަސޭކަރައިން އަސޭމިރުސް ގަނެގެން، ދިވެހިރާއްޖެއަށް ޓްރާންސިޓް ކޮށް، ރެޑްސީ ކަނޑު ހުރަސްކޮށް، ވެނިސްްއަށް އުފުލިބައެއް. ތަރީޚްގައި އެބަ އޮތް. އަޅުގަނޑުމެންގެ ރައީސް އެ ހުންނެވީ އެ ދިވެހިރާއްޖެ އިރާދަކުރެއްވިޔާ އިއާދަ ކޮށްދެއްވަން.

މުހައްމަދު އަލީ ޖަނާހް

ޖަނާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ފަށްޓަވާފައިވާ މަސައްކަތަކީ، "ހަމައިން ނެއްޓި، އޮޅުން ބޮޅުން ވެފައި އޮތް އިގްތިސާދެއްގެ، އޮޅުން ބޮޅުން ފިލުވައި، ނިއުޅުވައިގެން، ރަނގަޅު ހަމައަކަށް އެޅުވުމުގެ މަސައްކަތްޕުޅު" ކަމަށެވެ.

އަދި އެ ކުރައްވަމުން އެ ގެންދަވާ މަސައްކަތުގެ ތެރެއިން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން، ޚިޔާލު ތަފާތުންވުންތައް އޮތް ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސާދާއި ގުޅިގެން ދޮގު ވާހަކަތައް ނުފަތުރަން ޖަނާހު ވަނީ އެދިވަޑައިގެންފައެވެ. އެފަދައިން ވާހަކަތައް ފަތުރާނަމަ، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލި، އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނެ އާއްމު ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ޖާނޭ
ކުރީ ސަރުކާރު ކޮވިޑުގައިއެންމެ ދަތިއުނދަގޫދުވަސްތަށް
22 Feb 2024
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.