ފައިސަލް އެމްޑީޕީއަށް ސޮއި ކުރެއްވުން--ފޮޓޯ/އަދަދު
ހަބަރު
22 Feb 2024 | 13:49
ކުރީގެ ނާއިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއި ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވި ފޯމު ހަވާލު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެވެ. އެތަނުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި އެ ޕާޓީގެ އައު ރައީސް އަބްދުالله ޝާހިދުވެސް ހުންނެވިއެވެ.

ޖުމްހޫރީ ޕާޓީ ވުޖޫދަށް އައީއްސުރެ ޕާޓީގައި ދެމިހުންނެވި ފައިސަލް ވަނީ 2004 ވަނަ އަހަރު ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީސް ތަމްސީލް ކުރައްވާފައެވެ. އަދި އެމްޑީޕީ އުފެދިގެން އައި އިރު އެ ޕާޓީގައި ވެސް އޭރު ހުންނެވުމަށްފަހު، ޖެޕީ އުފެދުމާއި އެކު 2008 ވަނަ އަހަރު ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ. 

އެއަށްފަހު މިފަހާ ޖެހެންދެންވެސް ޖޭޕީ މެންބަރެއްގެ ގޮތުގައި ފައިސަލް ހުންނެވިއިރު، އެމާނިކުފާނަށް ނާއިބް ރައީސްގެ މަގާމުވެސް ލިބި ވަޑައިގެންނެވީވެސް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ޖޭޕީން ކޯލިޝަން ހަދައި، ޖޭޕީން ނާއިބް ރައީސްއަކު ނެރުމަށް ކޯލިޝަނުން އެއްބަސްވި އެއްބަސްވުމާއި އެކު، ޖެޕީ މެންބަރުންގެ ތާއީދާއެކުއެވެ. 

ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އިރު، ފަައިސަލް ފާހަގަކުރެއްވެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ އާ ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސެވެ.

އަދި ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގަންނަވަން ފައިސަލް ނިންމެވި އިރު، އެމަނިކުފާނު އަންނަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ސޯލިހުއާ އެކީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެންޑިޑޭޓެއް ނެރެފައިވާއިރުވެސް ފައިސަލް ހުންނެވީ ސޯލިހް އާއެކުކަން ފާހަގަކޮށްލަންޖެހެއެވެ.

ފައިސަލް ވަނީ 2014 ވަނަ އަހަރުގައި މަޖިލީހުގެ ކާށިދޫ ދާއިރާ ތަމްސީލުވެސް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.