ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިލިނގިލީ ރައްޔިތުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
22 Feb 2024 | 15:50
ރައީސް މުޢިއްޒު، އިދިކޮޅަށް: ފައިސާ ނުދެއޭ ބުނާއިރު، ދިޔައީ 9 ބިލިއަން ރުފިޔާ ރައްޔިތުންނަށް ނުދީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ އޮތް 9 ބިލިއަން ރުފިޔާ އޮތް ކަމަށް ވިދާޅުވެ، މަސްވެރިންނަށް ފައިސާ ނުދީގެން އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދު ތަކެއް އެމާނިކުފާނު ދެއްވައިފި އެވެ. 

ވިލިނގިލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހުގައި ވެސް، ގައުމާއި މުޚާތަބު ކުރައްވައި ވާހަކަ ދެއްކެވި އިރު، ގައުމާއި ހަވާލުވެވަޑައިގަންނަވަނީ 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކާއި ކަން ފާހަގަކުރެއްވި ކަމަށެވެ.

ހަމައެހެންމެ ރާއްޖެ އޮތީ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައި ކަމަށާ، އެ އަނދަވަޅުން އަރައިގަންނަން ޖެހޭ ކަމަށްވެސް ވިދާޅުވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެ ދަރަނި އަދާކުރަމުން އިގްތިސާދީ މަސައްކަތް ކުރަން ކަމަށެވެ.

"މިހާރު އެ ވާހަކަ އޮޅުވާލަން ބަޔަކު އުޅުނަސް، އެއީ އޮޅޭނެ ވާހަކައެއް ނޫން. އަޅުގަނޑުމެން އޮތީ ވަރަށް ބޮޑަށް އިގްތިސާދީ އަނދަވަޅަކަށް ވައްޓާލާފައި. އެހެންވެ، ރައްޔިތުން އެކަން ބަދަލު ކުރަން ބޭނުންވީ ވެސް. އެއީ ބޭރުގެ ދަރަނި. އެ ދަރަނި ދެއްކުމަށްޓަކައި އެތައް ކަމެއް އެބަ ކުރަން. އަޅުގަނޑުމެންގެ އަތުގައި ހުރި ފައިސާ އެކި ނަން ނަމުގައި މީހުންނަށް ބަހާލަމުން ނޫންތޯ ދިޔައީ ބަދަލު ދިނުމުގެ ނަމުގައި، އެއްވެސް އަސާސެއް ނެތް ސެޓަލްމަންޓް ކޮމިޓީއެއް ހަދައިގެން،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް އެ ކޮމިޓީ އުވާލާފައި ކަމަށާ ބަދަލު ދިނުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމަކީ ރައްޔިތުންގެ ފައިސާ އިސްރާފް ކުރުން ކަމަށާ، އެ ކޮމިޓީ އުވާލެއްވީ ބޭއިންސާފުން ރައްޔިތުންގެ ފައިސާ އިސްރާފް ކުރަން ބޭނުން ނުވާތީ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ، ރައްޔިތުންގެ ބޭނުން ތަކަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ރައްކާ ކޮށްފައި ހުރި ޑޮލަރުކޮޅު ވެސް ކުރީ ސަރުކާރުން ހުރީ ބޭނުންކޮށްފައި ކަމަށާ، އެ ފަންޑު ހުސްކޮށްލާފައި ވަނިކޮށް މި ސަރުކާރުން އެ ފަންޑަށް ޑޮލަރު ޖަމާ ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާނެ ކަންވެސް ފާހަގަކުރެއްވިއެވެ.

މިއާއެކު ރައީސް މުޢިއްޒު ވަނީ، ބޭރުގެ ދަރަނީގެ ގޮތުގައި އޮތް 120 ބިލިއަން ރުފިޔާގެ އިތުރުން, އެތެރޭގެ 9000 މިލިއަން (9 ބިލިއަން) ރުފިޔާގެ ދަރަނި ކުރީ ސަރުކާރު ނިމުނު އިރު އޮތް ކަމަށެވެ. އަދި އެ ފައިސާ އަކީ އާއްމު ރައްޔިތުންނަށް ދޭން ހުރި ފައިސާ ކަންވެސް އެމާނިކުފާނު ފާހަގަކުރެއްވި އެވެ.

"އެކަމަކު، އެ ބޭފުޅުން ވިދާޅުވަނީ ދަރަނި ނުދައްކައޭ، ރައްޔިތުންނަށް ފައިސާއެއް ނުދެއޭ. އެކަމަކު، މި ބޭފުޅޫން ނޫންތޯ ނުދީ މިދިޔައީ 9،000 މިލިއަން ރުފިޔާ (9 ބިލިއަން ރުފިޔާ) ރައްޔިތުންނާ ހަވާލުނުކޮށް، އަޅުގަނޑަކަށް ނުވިސްނޭ ރައްޔިތުން ކުރިމައްޗަށް ނުކުންނަ ސަބަބެއް މިކަހަލަ ކަންކަން ކުރައްވާފައި،" 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވި އިރު، މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު ދައުލަތުގެ ބޭރުގެ ދަރަނީގެ ތެރޭގައި ހިމެނެނީ ސީދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާ އާއި ދައުލަތުން ސޮވެރިންގް ގެރެންޓީ ދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.