ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިލިނގިލީ ރައްޔިތުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
22 Feb 2024 | 16:37
މުޒާހަރާ ކޮށްގެން އިންޑިޔާ ސިފައިން ބާލަން އުޅުނު ނަމަ އެއްކަމެއް ވެސް ހާސިލް ނުވީސް: ރައީސް މުޢިއްޒު

މުޒާހަރާ ކޮށްގެން ގަދަބާރުން، ރާއްޖޭ ގައި ގާއިމްވެތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބާލަން މަސައްކަތް ކުރި ނަމަ، އެއްވެސް ކަމެއް ހާސިލް ނުވީސް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވިލިނގިލީ ރައްޔިތުންނާއި ބައްދަލު ކުރައްވައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، މައްސަލަތައް ހައްލު ކުރުމާއި، އެ ނޫންވެސް ކަން ކަމުގައި މަޝްވަރާގެ ރިވެތި އުސޫލުން ކުރިއަށް ދިޔުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ.

އެގޮތުން އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމުގައިވެސް މި ސަރުކާރުން ޢަމަލު ކުރީ މަޝްވަރާކުރުމުގެ އުސޫލު ކަމަށާ، ގަދަބާރުން އެކަން ކުރަން އުޅުނު ނަމަ، އެއްވެސް ކަމެއް ހާސިލް ނުވީސް ކަމަށެވެ.

މަޝްވަރާގެ އުސޫލުން ކަންކަން ކުރީމާ، ހުރިހާ އެންމެންގެ މަސްލަހަތު ހިމާޔަތްވެ، ނަތީޖާ އެންމެ ރަނގަޅު ވެގެން ދަނީ. ބޭރު ސިފައިން މި ގައުމުން ބޭލުމުގެ މައްސަލާގައިވެސް، ރުންކުރު ކަމާއި އެކީގައި، ގަދަބަދަވި ކަމާއިއެކީގައި، މުޒާހަރާ ކޮށް، އެކި ކަހަލަ ކަންކަން ކުރަން އުޅުނު ނަމަ، ކޮން ކަމެއްތޯ ހާސިލްވާނީ. އެއް ކަމެއްވެސް ހާސިލް ނުވީސް.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެންކަމުން، އިންޑިޔާ ސިފައިން ބޭލުމަށްވެސް ޑިޕްލޮމަސީ ގެ ރިވެތި އުސޫލުގެ މަތީން، ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެއްޓެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތް އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އައި އިރު، އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް އެއްބަސްވެ، އެގައުމުންނާއި ރާއްޖެއިން، އެ އެބަސްވުމުގައި ސޮއި ކޮށްފައިވާ ކަން ރައީސް މުޢިއްޒު ފާހަގަކުރެއްވި އެވެ.

ވުމާއެކު ހުރިހާ ކަމެއްވެސް މަޝްވަރާގެ ރިވެތި އުސޫލުން ކުރިއަށް ގެންދެވުމަށް އެމާނިކުފާނު ވަނީ ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައި ވާއިރު، މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން، އިންޑިއާ ސިފައިންގެ ފުރަތަމަ ގްރޫޕް އަންނަމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފައިބާނެ ކަމަށާއި އަދި ދެން ތިބި އެންމެން މެއި މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފައިބައިގެން ދާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.