ހައި ސްޕީޑް ރޭލުގެ ޚިދުމަތް އުމުރާވެރިންނަށް ލިބިގެންދާނެ
ހަބަރު
22 Feb 2024 | 22:09
ހައިސްޕީޑް ރޭލުގެ ޚިދުމަތާއި އެކު ސްކޫލް ބަންދުގައި ޢުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި

ހައިސްޕީޑް ރޭލުގެ ޚިދުމަތާއެކު ސްކޫލު ބަންދާ ދިމާކޮށް މިއަހަރުގެ އެޕްރީލް ޢުމްރާގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މައްކާއިން މަދީނާއަށް ކުރާ 06 ނުވަތަ 08 ގަޑިއިރުގެ ބަސް ދަތުރުގެ ބަދަލުގައި ހައި ސްޕީޑް ޓްރެއިންގައި 02 ގަޑިއިރު ނުވަތަ 02 ގަޑިއިރާއި 20 މިނަޓުން މަދީނާއަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާ މިދަތުރުގައި 02 ޢުމްރާވުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބިގެންދާނެއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި މި އުމުރާ ދަތުރުކުރަން ހަމަޖެހިފައި ވަނީ ސަޢުދީ އެއާލައިންސްގެ ޑައިރެކްޓް ފްލައިޓެއްގައެވެ. އޭގެ އިތުރުން އުމުރާގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ހިމެނޭ ފަދަ ރަނގަޅު ޕެކޭޖެއް ލިބިގެން ދާނެއެވެ.

އެގޮތުން ޢުމްރާ ވިސާ، ދަތުރުގެ ދެކޮޅު ޓިކެޓް، ފެންވަރު ރަނގަޅު ހޮޓެލްއެއްގައި ތިބުމުގެ އިންތިޒާމް، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު 24 ގަޑިއިރު ކްލިނިކްގެ ހިދުމަތް، ރަހަ މީރު ދިވެހި ކެއުންތައް، ޢުމްރާ ކިޓް (ފޮށި، އަތްދަބަސް، އިޙްރާމް، ޢުމްރާ ދުޢާ ކާރޑް، ޢުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް) ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރައްވައެވެ.  

މިއަހަރުގެ ސްކޫލް ބަންދާއި ދިމާކޮށް އެޕްރީލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުމުރާ ދަތުރުގައި މާއްކާ އާއި މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން ދީނީ ޢިލްވެރިން ދެއްވާ ދަރުސްތައް ވެސް ހިމެނޭނެކަމަށް ހައްޖު  ކޯޕަރޭޝަނުން ހާމަކުރައްވައެވެ.

ހައްޖު ކޯޕަރޭޝަނުން ބާއްވާ މިއަހަރުގެ ފުރަތަމަ އުމުރާ ދަތުރުގައި ދިނުމަށް ހަމަޖެހިފައިވާ ޕެކޭޖުގެ އިތުރުން މައްކާ އަދި ޖިއްދާ ބާޒާރު ދަތުރާއި، ޠާޢިފް ދަތުރާއި، އިތުރު ޢުމްރާ ވުމުގެ ފުރުޞަތު އަދި ޝަރުޢީ ކަތިލުންތަކުގެ ތެރޭގައި ހިމެނޭ ޢަޤީޤާ އާއި، ޢުޟްހިޔާ ކަތިލުމުގެ ފުރުޞަތުވެސް މި ދަތުރުގައި ބައިވެރިންނަށް ލިބިގެންދާނެކަމަށް އެކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި އެޕްރީލު ޢުމްރާ ދަތުރަށް އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ ބޮލަކަށް 29,965.00 ރުފިޔާއެވެ. ޢުމްރާގެ ޙިދުމަތަށް ރެޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

މި ޢުމުރާ ދަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޙައްޖު ކޯޕަރޭޝަން އޮފީހުގެ ކައުންޓަރަށް ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން އެކޯޕަރޭޝަންގެ އޮންޓައިން ޕޯޓަލް (ފަހެލި) މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.