ރައީސް ޑރ.މުހައްމަދު މުއިއްޒު ރޭގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
24 Feb 2024 | 10:49
ހަފްތާ 14ގައި ހިމެނޭ 161 ވައުދުން 150 ވައުދު ފުއްދައިފިން: ރައީސް ޑރ.މުއިއްޒު

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމ 100 ދުވަހު (ހަފްތާ 14) ގައި ނިންމުމަށް ކަނޑައަޅާފައިވާ 161 ވައުދުގެ ތެރެއިން މިހާތަނަށް 150 ވައުދެއްގެ 100 އިންސައްތަ ފުއްދައި ދެވިއްޖެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމުހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ " އަހާ" ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރޭ ބޭއްވުނު ޕްރޮގްރާމުގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ބާކީ އޮތް 11 ވައުދުގެ މަސައްކަތް ކަމަށާއި، އަދި އެމަސައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވިގޮތުގައި ހަފްތާ 14 ގައި ކުރުމަށް ކަނޑައެޅި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވެނީ ވަރަށް ރޭވުންތެރިކަމާއި އެކުގައި ކަމަށެވެ.

އާއްމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ، އާއްމުންގެ ގިނަ ސުވާލުތަކަކަށް ރޭގެ މި ޕްރޮގްރާމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ޖަވާބު ދެއްވާފައިވާއިރު އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ޤައުމު ދަރާފައިވާ ދަރަނިތައް ދައްކަމުން އިޤްތިޞަދު ހަމައަކަށ2ް އަޅުވަމުން މިހާތަނަށް  ކުރެވިފައިވާ މަސައްކަތްތަކަކީވެސް ވރަށް ގިނަ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިވަގުތު އޮތް ރައްޔިތުންގެ މަޖިލހުގެ އެއްބާރުލުން ލިބެމުން ނުދާކަމަށާއި ، އެކަމުގެ ސަބަބުންވެސް މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެންޖެހޭ މަސައްކަތް ކޮށްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.