އެމްޑީޕީގެ ޖަލްސާއެއް-- ފޮޓޯ: ވޮއިސް
ހަބަރު
24 Feb 2024 | 17:15
އެމްޑީޕީން މައުލޫމާތު ހާމަ ކުރަން ނުޖެހޭ ކަމަށް ބުނެ ކޯޓަށް

 މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަންގެ މައުލޫމާތު އެ ޕާޓީން މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުމެއް އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން އެމްޑީޕީން އެމްޑީއޭ އާއި އަދާލަތު ޕާޓީ އާ އެކު ހެދި ކޯލިޝަންގެ އެއްބަސްވުމެއްވާ ނަމަ އެ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްދިނުމަށް އާންމު ފަރުދަކު ވަނީ އެދިފަ އެވެ. އަދި އެމްޑީޕީން ކޯލިޝަން ހެދުމަށް ޕާޓީތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި އުސޫލެއް އޮންނަ ނަމަ އެ އުސޫލެއްގެ މައުލޫމާތު ދިނުމަށް ވެސް ވަނީ އެދިފައެވެ.

އެހެން ނަމަވެސް ގާނޫނުގައި މައުލޫމާތުދިނުމަށް އޮތް މުއްދަތުގައި އެމްޑީޕީން ޖަވާބުދީފައެއް ނުވެއެވެ. އެހެންކަމުން  އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މައްސަލަ ބެލުމަށް ފަހު އޮކްޓޯބަރު 2023، ގައި ޕާޓީ ގާނޫނުގެ ތެރެއަށް ވަންނަ ކަމަށް ބުނެ އެމްޑީޕީއަށް ވަނީ އެމައުލޫމާތުތައް ދިނުމަށް އަންގާފައެވެ.

ހައިކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން ފެބްރުއަރީ 14، ގައި އެމްޑީޕީން ވަނީ ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމާ ކަން ރަޖިސްޓްރީން ދައްކައެވެ.

މި މައްސަލައިގައި އައިކޮމް އިން ބޭއްވި އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އެ ޕާޓީން ދެކޭ ގޮތުގައި ގާނޫނުގައި މައުލޫމާތު ދިނުމަށް އޮންނަ ދައުލަތުގެ އިދާރާތަކުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއެއް ނުވަންނަ ކަމަށެވެ. އެހެންކަމުން އައިކޮމް އިން އެމްޑީޕީ އެ ގާނޫނަށް ވަންނަ ކަމަށް ނިންމާ ނަމަ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެއެވެ.

ޕާޓިތަކުގެ ގާނޫނު 2015 ވަނަ އަހަރު އެގޮތަށް ކަނޑައެޅިފަހުން ބައި ލައްކައެއްހާ އާންމު މެންބަރުން ހިމެނޭ އެމްޑީޕީއަށް ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބެއެވެ. މިގޮތުން މިދިޔަ އަހަރު ވެސް 15.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ކޮންމެ އަހަރަކު ވެސް، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.