ުލިގަމު ކައުންސިލާއި ބައްދަލުކުރެއްވުން / ފޮޓޯ:ރައީސް އޮފީސް
ހަބަރު
24 Feb 2024 | 20:18
އުލިގަމު ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެރަށުގައި އާ ސިއްހީ މަރުކަޒެއް ހެދިގެން ދިއުން: ކައުންސިލް

ހއ. އުލިގަމު ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެރަށުގައި އާ ސިއްހީ މަރުކަޒެއް ހެދިގެން ދިއުންކަމަށް އެރަށު ކައުސިލުން ހާމަކުރައްވައިފިއެވެ.

އެކައުންސިލުން މިކަން ހާމަކުރައްވާފައި ވަނީ  ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހއ.ތުރާކުނަށް ވަޑައިގެން ތުރާކުނު ސްކޫލުގައި އެކައުންސިލާއި އެކު ބޭއްވި ބައްދަލު ވުމެއްގައެވެ.

މިބައްދަލުވުމުގައި އުލިގަމު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރަން ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޔޮޓު ފަހަރަށް ބޭނުން ހިފޭނެގޮތަކަށް ބަނދަރު ތަރައްޤީ ކޮށްދެއްވުމަށާއި، ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައިވެސް އުލިގަމު ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވާ ކައުްނސިލުން ހުށަހެޅުއްވި ކަންތައްތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރާއްޖޭގައި އިޤްތިޞާދީ ގޮތުން ހިންގޭނެ އެންމެ ބިޔަ ބޮޑު މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުގައެވެ. އެ މަސްރޫޢުގެ ސަބަބުން އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.